ރައުދު އަހްމަދު ޒިލާލް
ހަބަރު
17 Jun 2025 | 20:37
ރިޔާސީ ކޮމިޝަންގެ ރިޕޯޓް؛ ރައުދުގެ އިހްމާލު އެބަ އޮތް

މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، މައްސަލާގައި އޭނާއާއެކު އެންމެ ފަހު ވަގުތާއި ހަމައަށް އުޅުނު ގ. އެރިޔަދޫ ރައުދު އަހްމަދު ޒިލާލްގެ އިހުމާލު އޮތް ކަމަށް އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފި އެވެ.

މި މައްސަލައިގެ ތަހުގީގު ރިޕޯޓް ނިންމައި، އިންކުއަރީ ކޮމިޝަނުން މިއަދު ވަނީ ރައީސް މުޢިއްޒުއަށް އަރުއްވާފައެވެ. އަދި އެ ރިޕޯޓް އާއްމު ކުރުމަށް ރައީސް މުޢިއްޒު އެންގެވުމާއި ގުޅިގެން އެ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ނުވަތަ އެ ގޭގެ ޓެރަހުން ޔުމްނު ވައްޓާލުން ނުވަތަ ފުންމާލުން ނުވަތަ ވެއްޓުމުން ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު އެތަނުގައި ހުރިކަން އެނގެން ނެތުމުން އެކަމުގައި ރައުދު ފިޔަވާ އެހެން މީހެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޔުމްނު ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައިނުވާ ކަމަށާ އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.

އަދި ބުނީ ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށް ނުފެންނަ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. ނަމަވެސް ބުނީ އެ ހާދިސާގައި ރައުދުގެ އިހުމާލެއް އޮތް ކަމަށް ބުރަވެވޭ ކަމަށެވެ. ސަބަބަެއް ކަމަށް ބުނީ ޔުމްނު އާއި ރައުދު މއ. މާންދޫގެއިން ނިކުތް ފަހުން އެ ހ. މައިރާއަށް ދިޔުމާ ދޭތެރޭގައި ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ އެވެ.

އެ މައްސަލާގައި ރައުދުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ. އެއީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. މިއީ މަހެއްހާ ދުވަހުގެ ކުރު ޖަލު ހުކުމއް

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Aug 2026
އައްޑޫ އަދި މާލެސިޓީގެ ޑަބްލިއުޑީސީ ރައީސާއިންގެ ތާއީދު ޝާހިދަށް
އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާގެ އިތުރުން ބައެއް ކައުްނސިލަރުންގެ ތާއީދު ޝާހިދަށް ލިބިވަޑައިގެންނެވިކަން ހާމަކޮށްފައިވާއިރު ޝާހިދު ވަނީ މިދިޔަ ހުކުރުދުވަހު އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
16 Aug 2026
ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީ ހޯދައި ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 އިން ޖާގަ ކަށަވަރުކޮށްފިއެވެ.
16 Aug 2026
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ ޢަލީގެ ނަން މަޖިލީހަށް
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމުގެ ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މައްސަލަ ޚާރިޖީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
16 Aug 2026
ކޮޓަރީގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް
މި އަލިފާނުގެ ހާދިސާ ހިނގީ ގ.ކްރެބް ޓްރީ ގޭގެ ގޭގެ އެންމެ ތިރީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިއެއްގައެވެ. އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ނަމަވެސް، މިހާރު އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ.
16 Aug 2026
އަޅުގަނޑު ޑެލިވަރކޮށްދޭނީ ކަންކުރާނެ، ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް
ޑެލިވަރކޮށްދެއްވާނީ ކަންކަން ކުރާނެ، މައްސަލަތަކަށް ހައްލު ހޯދައިދޭނެ އަދި ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
16 Aug 2026
20 އަހަރުގެ ޚިދުމަތަށްފަހު، ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔާ ކުރައްވަނީ
ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު 20 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައި، ޖޭއެސްސީން އެ ހުށަހެޅުއްވުން ޤަބޫލުކޮށްފިއެވެ.
16 Aug 2026
ބައި ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮަށްފި
ފުލުހުން މައުލޫމާތު ދިންގޮތުގައި އެ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އިނާޒް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނީ 515.11 ގުރާމެވެ.
16 Aug 2026
ޗައިނާ ސަފީރު ވިދާޅުވީ އެރަށަށް ކުރެވުނީ ފައިދާހުރި ދަތުރެއް ކަމަށް
އުތީމު ވާހަކަ ވައުގެ ފޮޓޯތަކެއް ހިއްސާކުރައްވައި ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރީޚާ މެދު ޤައުމެއް ހިއްސާކުރާ ވިސްނުމަކީ އެ ޤައުމެއް އެކީގައި ގުޅައިދޭ ބާރެއް ކަމަށެވެ. ތާރީޚީ ތަޢުލީމުގެ ޒަރީޢާއިން ޖީލުތަކުގެ މެދުގައި ޤައުމީ ވަންތަކަމާއި ޖަމާޢީ ހަނދާންތައް ދެމެހެއްޓޭ ކަމަށް ވިދާޅުވިއެވެ.