ޔުމްނު އަދި ރައުދު
ހަބަރު
17 Jun 2025 | 20:45
ރައުދުއާ ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިހްތިޔާރުގައި، ދެ މީހުން ޒިންމާ އުފުލަން ޖެހޭނެ

އޭޕްރީލް 18 ވަނަ ދުވަހު ހިނގި ހާދިސާގައި ހިމެނޭ ރައުދު އަހްމަދު ޒިލާލް އާއި ހައްވާ ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިހްތިޔާރުގައި ކަމަށާ އެހެން ކަމުން އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ ދެ މީހުން ވެސް އުފުލަން ޖެހޭނެ ކަމަށް އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފި އެވެ.

މި މައްސަލައިގެ ތަހުގީގު ރިޕޯޓް ނިންމައި، އިންކުއަރީ ކޮމިޝަނުން މިއަދު ވަނީ ރައީސް މުޢިއްޒުއަށް އަރުއްވާފައެވެ. އަދި އެ ރިޕޯޓް އާއްމު ކުރުމަށް ރައީސް މުޢިއްޒު އެންގެވުމާއި ގުޅިގެން އެ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ނުވަތަ އެ ގޭގެ ޓެރަހުން ޔުމްނު ވައްޓާލުން ނުވަތަ ފުންމާލުން ނުވަތަ ވެއްޓުމުން ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު އެތަނުގައި ހުރިކަން އެނގެން ނެތުމުން އެކަމުގައި ރައުދު ފިޔަވާ އެހެން މީހެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޔުމްނު ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައިނުވާ ކަމަށާ އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.

އަދި ބުނީ ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށް ނުފެންނަ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. ނަމަވެސް ބުނީ އެ ހާދިސާގައި ރައުދުގެ އިހުމާލެއް އޮތް ކަމަށް ބުރަވެވޭ ކަމަށެވެ. ސަބަބަެއް ކަމަށް ބުނީ ޔުމްނު އާއި ރައުދު މއ. މާންދޫގެއިން ނިކުތް ފަހުން އެ ހ. މައިރާއަށް ދިޔުމާ ދޭތެރޭގައި ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ އެވެ.

އެ މައްސަލާގައި ރައުދުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ. އެއީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. މިއީ މަހެއްހާ ދުވަހުގެ ކުރު ޖަލު ހުކުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ