ފިރިހެން ކުދިންނާ ބެހުނު މީހާ ބަރަހަނާ ކުރުމަށްފަހު ހައްޔަރުކޮށްފި!

26 May 2019 | 14:05

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނާއި ބަދު އަހުލާގީ އަމަލު ހިންގި މައްސަލާގައި ތުހުމަތު ކުރެވޭމީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި ކުޑަ ދެ ފިރިހެން ކުދިންނާއި ބަދު އަހުލާގީ އަމަލު ހިންގި މައްސަލާގައި ރޭ ދަންވަރު 2:48 ގައި ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ މީހާ ވަނީ ރޭ ހުޅުމާލެއިން ބަޔަކު ނުކުމެ ބަރަހަނާކުރުމަށް ފަހު ގަން ހިނގުވާފައެވެ. ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ މަގުމަތީގައި ގަން ހިންގުވި މީހާ ކަމަށެވެ.

ހައްޔަރު ކުރެވިފައިވާ މީހާއަކީ އެމްއޭސީއެލްގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އަދި އޭނާ އަކީ ބޮޑު ބެރު ގްރޫޕެއްގައި ހަރަކާތްތެރިވާ ފަރާތެކެވެ.

އޭނާ ހައްޔަރުކުރުމުގެ ކުރިން ވަނީ އޭނާ ބެހުނުކަމަށް ބުނާ ކުދިންނާއެކު ކުރި ކަންތައް ކިޔާދީފައެވެ.

ހުޅުމާލޭގައި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް މީހަކު ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.

Advertisement

ކޮމެންޓް