އެމްޓީއެފްއީ ސްކީމާގުޅޭ ޕޯސްޓަރެއް
ދުނިޔެ
19 Jun 2025 | 11:18
ބަންގްލަދޭޝްގައި ބޭނުންކުރާ އެމްޓީއެފްއީ ޕޮންޒީ އެޕްވެސް ’ކޮލެޕްސްވެ‘ އެތައް ހާސް ބައެއްގެ ފައިސާތައް ’ގެއްލިއްޖެ‘

ބަނގްލަދޭޝްގައި ދިހަހާސް އަށްވުރެ ގިނަ މީހުންގެ އަތުން ބޮޑު އަދަދުން ފައިސާ ނަގާފައިވާ އެމްޓީއެފްއީ (MTFE) ނަމަކަށް ކިޔާ ޕޮންޒީ އެޕެއް ކޮލެޕްސްވެ އެ ބޭނުން ކުރާ މީހުންގެ ފައިސާތައް ގެއްލިއްޖެއެވެ.

މިކަން ހާމަވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޓީއެފްއީ ބޭނުންކުރާ ފަރާތްތަކަށް ކުއްލިއަކަށް އެމީހުންގެ ވާރޗުއަލް ޓްރޭޑިންގ އެކައުންޓްތަކުން ބޮޑެތި އަދަދުތަކެއް ގެއްލިފައިވާކަން ފާހަގަކުރެވިގެން ބެލިބެލުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މީގެ ކުރިން ވެސް ދެ ހަފްތާއެއްހާ ދުވަހު އެމީހުންނަށް ފައިސާ ނެގުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. 

ޑަކާގައި ދިރިއުޅޭ އެމްޓީއެފްއީ ބޭނުންކުރާ ފަރާތެއް ކަމުގައިވާ އަސަދުރް ރަހްމާން ބުނެފައިވާ ގޮތުން، އޭނާގެ އެމްޓީއެފްއީ ވާރޗުއަލް އެކައުންޓްގައި ހާހެއްހާ ޑޮލަރު ހުއްޓެވެ.

”އެކަމަކު ހުކުރު ދުވަހު ބެލިއިރު އެކައުންޓް ބެލެންސް ދައްކަނީ މައިނަސް 1،400 ޑޮލަރު." އޭނާ ބުނެފައިވެއެވެ. 

އެޕް ކޮލެޕްސް ވުމުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެމްޓީއެފްއީ އިތުރު އިންވެސްޓްމަންޓްތަކަށް އެދެމުންދާއިރު، ނޭނގޭ އޭޖެންޓުތަކެއް މެދުވެރިކޮށް އެއަށް އިންވެސްޓް ކުރި މީހުންނަށް ބިރުދައްކަމުން އަންނަ ކަމަށްވެސް އެ ބޭނުންކުރާ މީހުން އަންނަނީ ބުނަމުންނެވެ. އެގޮތުން، އިތުރު ފައިސާ ނުދައްކައިފިނަމަ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާކަމަށް އެމީހުން ބުނެފައިވެއެވެ.

ޑަކާގައި ދިރިއުޅޭ، މި އެޕް ބޭނުންކުރާ މީހެއް ކަމުގައިވާ މޮއިނުލް އިސްލާމް ބުނީ، އެމްޓީއެފްއީ އަކީ ސްކޭމް އެއްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.

”ޙަޤީޤަތުގައި އެމީހުންގެ ވާރޗުއަލް ޓްރޭޑިންގ މާޙައުލަކީ އަޅުގަނޑުމެންގެ ފައިސާ ވަގަށް ނެގުމަށް ހަދާފައި އޮތް އެއްޗެއް." އޭނާ ބުންޏެވެ.

އެމެރިކާގެ ސެޓިފައިޑް ފްރޯޑް އެގްޒެމިނަރުންގެ އެސޯސިއޭޝަންގެ މެމްބަރެއް ކަމުގައިވާ މޭޖަރ މުޙައްމަދު ޝަމްސުއްޒޮހާ (ރިޓަޔަރޑް) ވިދާޅުވެފައިވާ ގޮތުން އެ ޕޮންޒީ ޕްލެޓްފޯމުން އެއްވެސް ޤާނޫނީ މުޢާމަލާތެއް ނުކުރެއެވެ. އަދި އޭގެ ވެރިންނާއި މެނޭޖްމަންޓް ޓީމް ވެސް އެއްވެސް މީހަކަށް ނޭނގޭ ކަމަށާއި، އެހެން ނަމަވެސް މީހުން އަވަސް ފައިދާއެއް ހޯދުމުގެ އުންމީދުގައި މިފަދަ ސްކޭމް ތަކުގައި ޖެހެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މި ޕޮންޒީ ސްކީމްގެ ސަބަބުން ގިނަ ބަޔަކަށް ލައްކައިން ގެއްލުން ވެފައިވާ ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް