ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: ފޮޓޯ/ ހެލްތު މިނިސްޓްރީ
ހަބަރު
19 Jun 2025 | 16:49
ނިމިދިޔަ 10 އަހަރު އައިޖީއެމްއެޗަށް އިތުރު ނުކުރެވޭހާ އެނދު މި އަހަރު އެކަނި އިތުރުކުރެވިއްޖެ: ނާޒިމް

އައިޖީއެމްއެޗަށް، ނިމިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިތުރު ނުކުރެވޭހާ ގިނަ އަދަދަކަށް މި އަހަރު އެކަނި އެނދު އިތުރު ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ހޮސްޕިޓަލްތަކުގައި ކިޔު ދިގުވާ މައްސަލަ އަކީ ބޮޑު ކަމަކަށްވާއިރު، އެކަން ހައްލުކުރުމަށް، ޑޮކްޓަރުން ބަލިމީހުން ބަލާ ވަގުތު އިތުރުކުރަން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި އައިޖީއެމްއެޗުގެ އޯޕީޑީގެ ޚިދުމަތް ދެދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ. 

ކިޔު ކުޑަކުރުމަށް ދެން ކުރަންޖެހޭ ކަމަކީ، އަތޮޅު ތެރޭގައި ދެވޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުން ކަމަށާ، އަދި ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިފަހުންވެސް އައިޖީއެމްއެޗަށް 75 އެނދުގެ ވާޑެއް އިތުރުކުރެވިފައިވާ ކަމަށެވެ. 

އައިޖީއެމްއެެޗަށް ބެޑް އިތުރުކުރުމުގެ ވާހަކަ ދައްކާއިރު މި އަހަރު އައިޖީއެމްއެޗަށް މި އިތުރުކުރެވުނީ ގާތްގަނޑަކަށް ވޭތުވެދިޔަ 10 ވަރަަކަށް އަހަރު އިތުރު ނުކުރެވޭހާ ބެޑް.

ހެލްތް މިނިސްޓަރު ނާޒިމް އިބްރާހިމް

ނާޒިމް އިތުރަށް ވިދާޅުވީ އައިޖީއެމްއެޗްގެ ކިއު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ރަނގަޅު މިސްރާބަކަށް ކަމަށާ، އެގޮތުން ހޮސްޕިޓަލަށް އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާ ކަމަށެވެ. 

ވޭތުވެދިޔަ މާޒީގައި ގުރޭޓާ މާލެ ސަރަހައްދުގެ ހެލްތް ފެސިލިޓީސްތަކަށް މީހުން ނުހޯދާހާ ގިނައިން، ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އެދަނީ. އެއީ ތަފާތު ދާއިރާ ތަކުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އެލައިޑް ހެލްތު ޕްރިފެޝަނަލުން.

ހެލްތް މިނިސްޓަރު ނާޒިމް އިބްރާހިމް

މިނިސްޓަރު ވިދާޅުވީ ޚިދުމަތް ދޭ މީހުންގެ އަދަދު އިތުރުވުމާއި ޖާގައިގެ ތަނަވަސްކަން އިތުރުވުމުގެ އިތުރުން ޚިދުމަތްދޭ ގޮތަށް ގެންނަ ބަދަލާއެކު އައިޖީއެމްއެޗްގެ ކިއުއަށް ކުރިއަށް އޮތްތަނުގައި ލުއި ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ