ރަސްމާލެ ހިއްކަން ފެށުމުގެ ތެރެއިން... ފޮޓޯ: ވޮއިސް
ހަބަރު
19 Jun 2025 | 18:08
ރަސްމާލެ މަޝްރޫޢު: ސީއެމްސީސީން، އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މުއާމަލާތުގައި ސީއެމްސީސީން، އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު ދޭން ޖެހިއްޖެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ލަންކާގެ ކުންފުންޏެއްކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ. ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގައި ސީއެމްސީސީން ވަނީ އެމްޓީސީސީ ލައްވައި 10 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެމްޓީސީސީން އެބިން ހިއްކާފައިވަނީ 2023 ވަނަ އަހަރެވެ.

އެމްޓީސީސީން ވަނީ އެކުންފުނިން ބިން ހިއްކުމުގެ މަސައްކަތަށްވާ އަގު ސީއެމްސީސީން ނުދެއްކުމުން އެ މައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސިވިލްކޯޓަށް ހުށަހަޅާފައެވެ. އެމްޓީސީސީން ސީއެމްސީސީގެ މައްޗަށް ދައުވާކޮށްފައިވަނީ ބިން ހިއްކުމުގެ މަސައްކަތުގެ އަގަށްވާ 1،683،901.44 ޑޮލަރު ހޯދާށެވެ. ކޯޓުގައި ސީއެމްސީސީން ވަނީ އެ ފައިސާއަކީ އެކުންފުނިން އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާއެއްކަމަށްވެސް އިއުތިރާފް ވެފައެވެ.

ސިވިލްކޯޓުން ހުކުމް ކުރީ 10 ހެކްޓަރުގެ ބިންހިއްކުމުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ. 

ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. މި މަޝްރޫޢުއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ފެށި އެންމެ މުހިންމު މަޝްރޫޢުއެވެ. އަދި މިއީ ބޯހިޔާވަހިކަމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢުއެވެ 

ރަސްމާލެ މަޝްރޫޢުގެ ދަށުން ހިއްކާ ބިމުން 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ޕްލޭނުގައި ހިމަނާފައިވާއިރު އެ މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް، 75،000 ޢާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.