ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ)ގެ އައު ޕަސިންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އެމް.އޭ.ސީ.އެލް---
ހަބަރު
21 Jun 2025 | 10:19
ވީއައިއޭގެ އައުޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕަސިންޖަރ ޓަރމިނަލް ހުޅުވުމުގެ ކައުންޓްޑައުން، ރަސްމީކޮށް ފަށައިފިއެވެ.

އައު ޓަރމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރޭ ދަންވަރު 00:00ގައި ރަސްމީކޮށް ފައްޓަވައިދެއްވެވީ އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މިރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި މުޖުތަބާ ލަތީފްގެ އިތުރުން އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. 

1960 ވަނަ އަހަރު ދަގަނޑު ފިލާތަކެއް ބޭނުންކޮށްގެން ހެދި ރަންވޭގެ މައްޗަށް އެންމެ ފުރުތަމަ މަތިންދާބޯޓެއް ޖެއްސުމަށް ދިވެހިން ކުރި ޤައުމީ މަސައްކަތް ހަނދާން އާކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އެމް.އޭ.ސީ.އެލްގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި އަދި ކަމަކަށް ކުރިމަތިލައިފިނަމަ އެކަމެއް ނިންމުމާއި މެދު އޮންނަ ޔަގީންކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށެވެ.

 އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވާހަކަދައްކަވަނީ... ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ގެންނާނެ މި ޓަރމިނަލަކީ ޒަމާނީ ފެންވަރަށް ވެލާނާ އިންްޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގައި ހިމެނޭ އެންމެ މުހިއްމު އެއް މަޝްރޫއު ކަން ޝަރީފްގެ ވާޙަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެންމެފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އެކު މި ޓަރމިނަލް ހުޅުވިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހާއްސަގޮތެއްގައި ފަތުރުވެރިކަމަށާއި ދަތުރުފަތުރުކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ)ގެ އައު ޓަރމިނަލް ހުޅުވުމަށްވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި ޓަރމިނަލް ވެގެންދާނީ މިހާރު ބޭނުންކުރަމުން އަންނަ ޓަރމިނަލްއަށްވުރެ އެތައްގުންއެއް ބޮޑު، އަހަރެއްގެ މައްޗައް 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތްދެވޭނެ ތަނަވަސް ޓަރމިނަލަކަށެވެ. އެގޮތުން، އެއިރޯ ބްރިޖާއި، ސެލްފް ޗެކިންގ ސިސްޓަމާއި، އޮޓޯމެޓިކް ބެގޭޖް ހޭންޑްލިންގ ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމްތަކުގެ ހިދުމަތް އައު ޓަރމިނަލުން ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.