މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ.އިސްމާއީލް ޝަފީޢު ވާހަކަދައްކަވަނީ ފޮޓޯ/ މިނިސްޓްރީ އޮފް އެޑިއުކޭޝަން---
ހަބަރު
21 Jun 2025 | 11:14
ތައުލީމާބެހޭ ވަޒީރު ފާހަގަކުރެއްވީ، ދަރިވަރުންގެ ނަތީޖާ ދަށްވަމުންދާ ވާހަކަ!

ރާއްޖޭގައި މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުކަމަށް ތަޢުލީީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޑރ. ޝަފީޢު މިހެން ވިދާޅުވެފައިވަނީ، މިއަދު ބޭއްވުނު މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެވެ. ވަޒީރު ވިދާޅުވެފައިވަނީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ހަމައެހެންމެ މުދައްރިސުންނާއި ބެލެނިވެރިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ނަމަވެސް ދާން ބޭނުންވާ މަންޒިލަށް އަދިވެސް ނުދެވޭކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ. ތައުލީމީ ދާއިރާގެ ތަފާސްހިސާބުތަކުގެ މައްޗަށް އަލިއަޅުވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ އޯލެވެލް އިމްތިހާނުތަކުގައި ބައިވެރިވަމުން އަންނަ ގިނަ ދަރިވަރުން 5 މާއްދާއިން ފާސްނުވާކަންވެސް ފާހަގަކުރައްވާފައެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/ މިނިސްޓްރީ އޮފް އެޑިއުކޭޝަން--

އެގޮތުން 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި 50 އިންސައްތައަށްވުރެ ގިނަ ދަރިވަރުން 5 މާއްދާއިން ފާސްވެފައި ނުވާކަން ވަނީ ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިދިޔަ ދެ އަހަރުވެސް ފެނިގެންދިޔައީ ހަމަ އެމަންޒަރު ކަމަށެވެ. އޯލެވެލްގެ އިމްތިހާނުގެ ނަތީޖާ ދަށްވުމަށް މެދުވެރިވާ މައިގަނޑު ސަބަބެއްކަމަށް ވަޒީރު ޝަފީއު ފާހަގަކުރެއްވީ ޕްރައިމަރީ މަރުހަލާގެ ނަތީޖާ ދަށްވުމެވެ. 

ވަޒީރު ވިދާޅުވީ ދައުލަތުން ތައުލީމީ ދާއިރާއަށް ފައިސާ ހަރަދުކުރަމުންދާއިރު އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަށާއި މި ހަގީގަތް ގަބޫލުކޮށްގެން ނޫނީ ދަރިވަރުންގެ ނަތީޖާ އިތުރު ހަރުފަތަކަށް ނުޖެއްސޭނެކަމަށެވެ.

މުދައްރިސުންގެ ޕްރޮޕެޝަނަލް ޑިވެލޮޕްމަންޓުތަކަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި އަދި ސްކޫލްތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ޓްރެއިނިން ދިނުމުގެ އިތުރުން ކަރިކިއުލަމާއި ކޮންޓެންޓަށް ގެންނަން ޖެހޭ މުހިއްމު ބަދަލުތައް ގެންނަމުންދާކަމަށް ވެސް ޑރ. ޝަފީޢު ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.