އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ... ފޮޓޯ: އެމްޑީޕީ
ހަބަރު
21 Jun 2025 | 12:44
ސަރުކާރު ބަލިކޮށްލެވޭނެ ފޯމިއުލާއަކަށް ތިބެންވާނީ ތައްޔާރުވެގެން: ޝާހިދު

އަދުގެ ސަރުކާރު ބަލިކޮށްލެވޭނެ ކޮންމެ ފޯމިއުލާއަކަށް ތިބެންވާނީ ތައްޔާރުވެގެން ކަމަށާއި، އަމާޒު ހުންނަން ވާނީ މުސްތަޤްބަލަށްކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ފަރާތުން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް، ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރާކަށް ނޫންކަމަށާއި، މަދުވާ އަދަދަށް ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކައުންސިލްތަކުގެ އަގު ވައްޓާލުމާއި ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުން ނިކުމެ އޮތީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ބަލިވާނެކަން އެނގޭތީކަމަށެވެ.

އަދި ކައުންސިލްތަކުގެ އަގު ވައްޓާލަން ސަރުކާރުގެ އެންމެ އިސްވެރިޔާ ނިކުމެ އެ ހުންނެވީ ގޮތް ހުސްވީމާކަމަށް ވިދާޅުވެ، ޝާހިދު ވަނީ ރައީސް ޑރ. މުއިއްޒުއަށް ފާޑު ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޑިމޮކްރެޓްސްގެ އެމްޑީޕީއަށް ބަޔަތު ހިފި ހިފުމާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ މިއީ މާޒީ ދޫކޮށް ކުރިއަށްދާންވީ ވަގުތު ކަމަށާއި، އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅިގެން ދިއުމަކީ އިސްލާހަށް ކުރާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ. 

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި އެޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ފުވައްމުލަކަށް ވައިގެންފައިވަނީ ޕާޓީގެ ހަރަކާތްތައް ހިންގުމުގައި އެރަށުގައި ތިބި މެމްބަރުންނާއެކު މަޝްވަރާކޮށްލުމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުންވެސް އެމްޑީޕީގެ މި ދަތުރުގައި ހިމެނެއެވެ. 

ކޮމެންޓް
އެހެނަސް
އެމްޑީޕީން ސިޔާސީ ވަޒީފާ ދީފަ ހުރި ވަރައް ވުރެވެސް މިހާރު މަދުކަން އެބައިނގޭ. ތިއީ ރައްޔިތުންނައް ހެޔޮއެދޭ ބައެއް ނޫން ބޭނުންވަނީ ވެރިކަން ރައްޔިތުން ގުބޯ ހައްދައިގެން
21 Jun 2025
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.