ޕީޖީ އޮފީސް ނަންބޯޑު.. ވޮއިސް ފައިލް ފޮޓޯ
ހަބަރު
21 Jun 2025 | 15:44
ލިބެންޖެހޭ ފައިސާ ހޯދުމުގައި ޕީޖީ އޮފީހުގެ އިހުމާލެއް

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެ އޮފީހުން ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޕީޖީ އޮފީހުގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2023 ވަނަ އަހަރު އެ އޮފީހަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި 671،908 ރުފިޔާ ފާހަގަކުރެވިފައިވާކަމަށެވެ. ރިޕޯޓްގައި ބުނެފައިވަނީ، އެ ފައިސާ ހޯދުމަށް ޕީޖީ އޮފީހުން މަސައްކަތްތަކެއް ކުރިނަމަވެސް، އެ މަސައްކަތްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އުސޫލްތަކުގެ މަތިން ނޫންކަމަށެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓްގައިވާގޮތުން ފައިސާ ދެއްކުމަށް ލިޔުން ފޮނުވުން ނޫންކަމެއް އެ އޮފީހުން ކޮށްފައެއް ނުވެއެވެ. 

ޕީޖީ އޮފީހަށް ލިބެންޖެހޭ ފައިސާ: 

- ސެކިއުރިޓީ ބޮޏްޑް/ ސްޓައިޕެންޑާ: 41.566 ރުފިޔާ

- އޮފީހުގެ ހަރަދުގައި ކިޔެވުމަށްފަހު، ވަޒީފާއިން ވަކިވުމުން އޮފީހަށް އަނބުރާ ދައްކަންޖެހޭ: 609،668 ރުފިޔާ

- މުސާރައާއި އެލަވަންސްގެ ގޮތުގައި އިތުރަށް ދެވިފައިހުރި: 3،324 ރުފިޔާ

- ދަތުރު ފައިސާގެ ގޮތުގައި ދީފައިވާ ފައިސާއިން އަނބުރާ ލިބެންޖެހޭ: 17،350 ރުފިޔާ

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ، ޕީޖީ އޮފީހަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދަކީ އެ އޮފީހުގެ ހަރަދުގައި މުއައްޒަފަކު ކިޔެވުމަށްފަހު އަނބުރާ ދައްކަންޖެހޭ ފައިސާ ކަމަށެވެ. އެގޮތުން ކިޔެވުން ފުރިހަމަ ކުރުމަށްފަހު 5 އަހަރުގެ ބޮންޑް ފުރިހަމަނުކޮށް އެ ކޯހަށް ހަރަދުވި 609،668 ރުފިޔާ ދެއްކުމުގެ ކަންކަން 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހަށްފަހު ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.

ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަމަލުކުރަންޖެހޭ ގޮތުގެ އުސޫލްތަކަށް ބަލާއިރު، ފައިސާ ދެއްކުމަށް ކަނޑައެޅިފައި އޮންނަ މުއްދަތުގައި ނުދައްކައިފިނަމަ، ލިޔުން ފޮނުވަންޖެހެއެވެ. އަދި އެވަރުންވެސް ފައިސާ ނުލިބިއްޖެނަމަ، 7 ދުވަސް ދިނުމަށްފަހު، ލިޔުމުންވެސް އެކަން އަންގަންޖެހެއެވެ. އެގޮތުން އެ މުއްދަތުގައި ނުލިބިއްޖެނަމަ ޝަރުއީ މަރުހަލާގެ ތެރެއިން ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންދަން ޖެހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.