މިއަހަރުގެ މަތީ އަރުތަވެރިންގެ އިނާމުގެ ދިނުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ---
ހަބަރު
21 Jun 2025 | 20:34
ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާ ސަބަބުތައް ދެނެގަންނަންޖެހޭ: އެދިއުކޭޝަން މިނިސްޓަރު

އިމްތިޙާނުތަކުން އަންހެން ދަރިވަރުންނަށްވުރެ ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަންނަންޖެހޭ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމުގެ ދިނުމުގެ ޖަލްސާގެ 2 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އޯލެވެލް އިމްތިޙާނުގައި ޖުމުލަ 3804 ފިރިހެން ދަރިވަރުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން އިމްތިޙާނުން ފާސްވެފައިވަނީ %44 ފިރިހެން ދަރިވަރުންކަމަށެވެ. އަދި 3868 އަންހެން ދަރިވަރުން އޯލެވެލް އިމްތިޙާނު ހަދާފައިވާއިރު އޭގެ ތެރެއިން އިމްތިޙާނުން ފާސްވެފައިވަނީ %56 އަންހެން ދަރިވަރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މަތީ އަރުތަވެރިންގެ އިނާމުގެ ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ/ މިނިސްޓްރީ އޮފް އެޑިއުކޭޝަން---

އަދިހަމަ އެހެންމެ، އޭލެވެލް އިމްތިޙާނުގައި ބައިވެރިވީ ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ %46 ފިރިހެން ދަރިވަރުންކަމަށާއި އޭލެވެލް އިމްތިޙާނުގައި ބައިވެރިވީ އަންހެން ދަރިވަރުންގެ ތެރެއިން %54 ދަރިވަރުން ފާސްވެފައިވާކަމަށެވެ. އެހެންކަމުން އިމްތިޙާނުތަކުން ފާސްވާ ދަރިވަރުންގެ ތެރެއިން އަންހެން ދަރިވަރުންގެ ނަތީޖާ ރަނގަޅުކަމަށް ފާހަގަކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި އަހަރު ތެރޭ އަޅުގަނޑުމެން އެ ފަދަ ރެޕިޑް އެސެސްމަންޓެއް ހަދާނަން. އެ އެސެސްމަންޓުގެ އަލީގައި އިރާދަ ކުރެއްވިއްޔާ އެކަށީގެންވާ ފިޔަވަޅުތައް އަޅައި، ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާއަކީ ހަމަހަމަ ނަތީޖާތަކެއްގެ ގޮތުގައި ބައްޓަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން"

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޝަފީއު ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ބަޔަކު ފެއިލްވެގެން ނުވާނެކަމަށާއި ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ފިރިހެން ދަރިވަރުންނަށް ވަޒީރުވަނީ ނަސޭހަތްތެރިވެފައެވެ. އަދި ހަމައެހެންމެ، ތަޢުލީމް ފޯރުކޮށްދިނުމުގައި ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ގޮތްތަކެއް ކަނޑައެޅުމަށް ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ވަޒީރު ވަނީ ނަސޭޙަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.