އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީގެ ފޮރިންގ މިނިސްޓަރުންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވާހަކަފުޅުދައްކަވަނީ. ފޮޓޯ/ ވަޒީރު ހަލީލްގެ އެކްސް ޕޯސްޓް
ހަބަރު
22 Jun 2025 | 10:10
އިޒްރޭލުން ދަނީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލަމުން: ޑރ. ހަލީލް

އިޒްރޭލުން ދަނީ މުޅި މެދުއިރުމަތީގެ ހަމަޖެހުމާއި ސުލްހަ ނަގާލަމުން ކަމަށާ، އިޒުރޭލުގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ޑރ. ހަލީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ޑރ. ހަލީލް ވަނީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 51 ވަަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަދި ހާއްސަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ވެސް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.

ފަލަސްޠީނާއި އިރާނަށް، އިޒުރޭލުން ދެމުންދާ ހަމަލާތަކުން ވެސް އިޒުރޭލުގެ އަނިޔާވެރިކަން ހައްދުން ނެއްޓިފައިވާ މިންވަރު ދޭހަވާ ކަމަށާއި އިޒުރޭލަކީ މުޅި މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށް ޑރ. ހަލީލް ވިދާޅުވިއެވެ.

ދިވެހިރާއްޖެެއިން އަބަދުވެސް ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރާނޭކަމަށާ، ފަލަސްޠީނުގެ ދައުލަތަކީ މިނިވަން އަދި އިސްތިގްލާލީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށްޓަކައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ޑރ. ހަލީލް އިތުރަށް ވިދާޅުވިއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ދިވެހިރާއްޖެއިން އަބަދުވެސް ދަނީ ފަލަސްޠީނުގެ ޙައްގުގައި ވަކާލާތުކޮށް އަޑުއުފުލަމުންނެވެ. އަދި އިޒުރޭލުގެ އަނިޔާވެރިކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ދިވެހިރާއްޖެ އިން ދަނީ ވަކާލާތު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.