މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ.އިސްމާއީލް ޝަފީޢު ވާހަކަދައްކަވަނީ ފޮޓޯ/ މިނިސްޓްރީ އޮފް އެޑިއުކޭޝަން---
ހަބަރު
22 Jun 2025 | 11:18
ޓީޗަރުން ލިބުންދަތި، 600 ސެން ޓީޗަރުން ބޭނުންވޭ

ރާއްޖޭގައި މުދައްރިސުން ލިބުމުގެ ދަތިކަން އެބަހުރިކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޑރ. ޝަފީއު މިފަދައިން ވިދާޅުވެފައިވަނީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މުދައްރިސުން ނުލިބުމުގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް އޮންނަ މައްސަލައެއް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވެފައިވަނީ ހަމައެކަނި ޕްރައިމަރީ ގްރޭޑްތަކަށް ބަލާލިކަމުގައި ވީނަމަވެސް 200 އެއްހާ މުދައްރިސުން ބޭނުންވާ ކަމަށާއި، އަދިހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް 600 މުދައްރިސުން ބޭނުންވާކަމަށެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ތެރެއިން ބިދޭސީ މުދައްރިސުންނާ އެކުވެސް 77 އިންސައްތަ މުދައްރިސުންނަކީ އަންހެން މުދައްރިސުން ކަމަށާއި، ފިރިހެން މުދައްރިސުންގެ އަދަދަކީ އެންމެ 23 އިންސައްތަ ކަމަށެވެ. އަދި ހަމައެކަނި ދިވެހި ފިރިހެން މުދައްރިސުންގެ އަދަދަކީ އެންމެ 16 އިންސައްތަކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވަނީ އޯ ލެވެލްގައި ނިންމި އަދި އޭ ލެވެލް ކިޔަވަމުނަދާ ދަރިވަރުން ތަޢުލީމީ ދާއިރާއަށް ވަނުމަށް އެދިވަޑައިގެންފައެވެ. ސަބަބަކީ މުދައްރިސުން ލިބުމުގެ ދަތިކަމަށް އޮތް ހައްލަކީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ތައުލީމީ ދާއިރާއަށް މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ޕޮލިސީ މޭކަރުންގެ ގޮތުގައި ގުޅުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މޮޅެތި ޓީޗަރުންނަށް މޮޅެތި ކުދިން އުފެއްދޭނީ، މޮޅެތި މީހުންނަށް ގައުމު ކުރިއެރުވޭނީ"

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ބިނާކުރުމަށްޓަކައި ގިނަމަސައްކަތްތަކެއް ކުރަމުންނެވެ. ދައުލަތުން ތަޢުލީމީ ދާއިރާއަށް ބޮޑު ހޭދައެއް ކުރިނަމަވެސް، ތައުލީމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އުދުހޭ ކޮކާ
ސްކޫލް ތަކުގެ އަޚުލާޤު ރަނގަޅު ނުކުރެވި ނަތީޖާ ރަނގަޅެއް ނުވާނެ...މިދައްކަނީ ސީރިޔަސް ވާހަކައެއް.
22 Jun 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.