ސޯލިހް
ހަބަރު
22 Jun 2025 | 21:44
ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހު ނިންމަވައިފި

ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅު ކުރައްވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އެމަނިކުފާނު މި ނިންމެވުން ހާމަކުރެއްވީ ވަފާތެރި މެންބަރުންނާއެކު މިރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގަ އެވެ. ރައީސް ސޯލިހްގެ މި ނިންމެވުމުން މެންބަރުންނާއި ހިއްސާކުރެއްވީ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު އެވެ. މުހައްމަދާއި ރައީސް ސޯލިހަކީ ދެ ޅިޔަނުންނެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހްގެ ރަނިންމޭޓަކަށް އިހްތިޔާރު ކުރެއްވި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި އެމަނިކުފާނުގެ ކެބިނެޓް ބައެއް މެންބަރުން ވެސް މިރޭގެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅު ކުރައްވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ނިންމެވީ ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ރޭ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ބޮޑު ހަފްލާއެއް ބާއްވަން ތައްޔާރު ވަމުން ދަނިކޮށެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ރައީސް ސޯލިހާއި ރައީސް ނަޝީދު ވާދަކުރެއްވި އެވެ. އެ ފަހަރު ޓިކެޓް ހޯއްދެވީ ރައީސް ސޯލިހެވެ.

އޭގެ ފަހުން ދެ ރައީސުންގެ ގުޅުން މުޅީން ކެނޑި ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތެވެ. ސޯލިހަަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުމަށް އެންމެ ބޮޑަށް ހުރަސްއެޅުއްވީ ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް އެ ޕާޓީގައި ވެސް ބޮޑު ވާދައެއް އެބަ އޮތެވެ. ނަޝީދު ވެސް ބޭނުންފުޅު ވަނީ އެމްޑީޕީގެ ޓިކެޓް ކަމަށް ބެލެވެ އެވެ. 2028 ގެ އިންތިހާބަށް އެމްޑީީޕީގެ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެމްޑީޕީގެ ރައީސް ޝާހިދުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު ޑރ. ޖަމްޝީދު ވެސް ޝައުގުވެރިވެ އެވެ.

ކޮމެންޓް
އިއްބެ
ތިޔައީއެއްމެރަނގަޅުގޮތެއްނޫން ނައިބުރައީސާއި ޝާހިދަށްދޫކޮށްލައްވާ
22 Jun 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.