ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުالله ނާޒިމްއެވެ.
މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީން ބެލާރަސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާއެކު ހުޅުވި ސެންޓަރެކެވެ.
މި ސެންޓަރުން ހައިޕަޓެންޝަން، އޮބެސިޓީ، ޑައިބެޓީސް، ޕީސީއޯއެސް އަދި ޑިސްލިޕިޑެމިއާ ފަދަ މެޓަބޮލިކް ބަލިތަކަށް ފަރުވާ ދެވޭއިރު، އެކަމަށްޓަކައި ޚާއްސަ ލެބޯޓްރީއާއި ޑައިގްނޯސްޓިކް ސާމާނުތައް މި ސެންޓަރުގައި ވަނީ ގާއިމުކޮށްފައެވެ.
މެޓަބޮލިކް ސެންޓަރުގައި ސީޖީއެމްއޭ ސިސްޓަމްތަކެއްވެސް ވަނީ ތައާރަފް ކޮށްފައެވެ. ސީޖީއެމް ސިސްޓަމްތަކަކީ ލޭގައި ހަކުރު ހުންނަ މިންވަރު ރިއަލް ޓައިމްގައި މޮނިޓާކޮށްދޭ ސިސްޓަމެކެވެ. މިއީ ޑަޔަބެޓިކްސްއާއި އަދި ބައެއް ކަހަލަ މުހިންމު ޑައިބެޓިކްސްގެ އުނދަގޫ ހާލަތްތައް ދިމާވެފައި ތިބޭ މީހުންނަށް ފަރުވާ ކުރުމަށް ލުއި ފަސޭހަ ކޮށްދޭ އެއްޗެކެވެ.
މި ސެންޓަރުން ހުރިހައި އުމުރެއްގެ މީހުންނަށްވެސް ޚިދުމަތް ލިބިގެންދާނެއެވެ. މި ސެންޓަރާއިއެކު ވަނީ ޕޭޝަންޓް އެޑިއުކޭޝަން ގައިޑަކާއި އަދި ޑައިބެޓިކް އެޑިއުކޭޝަންއެއްވެސް ތައާރަފްކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists