ވިނަރެސް އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް؛ ކޮޓަރީގެ ގޮދަޑި އޮތީ އަނދާ ހުލިވެފައި

އަލިފާން ރޯވި ގޮދަޑި އަނދާހުލިވެފައި: ފޮޓޯ/ އެމްއެންޑީއެފް

ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމެންޓެއްގެ ކޮޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:41 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގައި ކަމަށާ، ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ. 

އެމްއެންޑީއެފުން އިތުރަށް ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނިވާ ކަމަށެވެ. އެހެން ނަމަވެސް، އެ ހާދިސާ ހިނގި ކޮޓަރީގެ އެނދަށް ގެއްލުންވެފައިވާއިރު، އެނދުގައި އޮތް ގޮދަޑި އޮތީ އެއްކޮށް އަނދާހުލިވެފައެވެ. އޭގެ އިތުރުން، މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް  ލިބިފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވާއިރު، ފުލުހުން އެކަން ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް
އަމާން
ތިޔަ ޙާދިސާ ހިނގަން މެދުވެރިވި ސަބަބަކީ މަސްތުވާ ތަކެތި.
23 Jun 2025