މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ހައިދަރު ވާހަކަ ދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
23 Jun 2025 | 10:40
މިނިމަމްވޭޖު ރިވިޔު ކުރުމަށް ދިރާސާއެއް ދަނީ ކުރިއަށް، ޑިސެމްބަރުގެ ނިޔަލަށް އެކަން ނިމޭނެ: ޑރ.ހައިދަރު

މިނިމަމްވޭޖު ރިވިޔު ކޮށް، އައު މިނިވަމްވޭޖެއް ކަނޑައެޅުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށާ، އެ ދިރާސާތައް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް، މަތީތަޢުލީމާއި، މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން، މިނިމަމްވޭޖަކީ ކޮންމެ ދެ އަހަރަކުން މުރާޖަޢާކުރަންޖެހޭ އެއްޗެކެވެ. އެގޮތުން އެންމެ ފަހުން މިނިމަމްވޭޖު މުރާޖަޢާ ކޮށްފައިވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު، އެފަހުން މުރާޖަޢާ ކޮށްފައެއް ނުވެއެވެ. 

އެކަމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ، މިނިމަމްވޭޖު ކަނޑައެޅުން ލަސްވާ ސަބަބާއި އެ ކަނޑައެޅޭނެ ތާރީޚެއް ސާފުކޮށްދެއްވުންއެދި ވަޒީރު ހައިދަރުއާ ސުވާލު ކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ސުވާލު ކުރައްވަނީ: ފޮޓޯ/ މަޖިލިސް

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ހައިދަރު ވިދާޅުވީ، ފުރަތަމަ މިނިމަމްވޭޖު ކަނޑައަޅާފައިވަނީ 8 ނޮވެމްބަރު 2021 ގައި ކަމަށެވެ. އެހެން ކަމުން، ދެން އެކަން ކުރަން ޖެހޭނީ 2023 ވަނަ އަހަރުގެ އެދުވަހުގައި ކަމަށާ، މިދިޔަ ސަރުކާރު ނިމުނު އިރު އޮތީ އެކަން ނުކޮށް ކަމަށް ހައިދަރު ވިދާޅުވިއެވެ.

ވުމާއެކު، މި ސަރުކާރު އައިފަހުން އެ މަސައްކަތް ފެށުމަށް މިނިމަމްވޭޖުގެ ބޯޑު އެކުލަވާލުމުގެ މަސައްކަތްފަށައި، ޖުލައި 3، 2024 ގައި އައު ބޯޑެއް އެކުލަވާލެވުނު ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި ބޯޑު ބައްދަލުވުން ބާއްވައި މެމްބަރުންގެ މަޝްވަރާއާއި އެއްގޮތަށް ކުރީގެ ބޯޑުގެ ލިޔެކިޔުންތައް އައުބޯޑާ ހިއްސާ ކުރުމަށް ވަގުތު ނެގިކަން ހައިދަރު ފާހަގަކުރެއްވިއެވެ. 

އޭރު މިނިމަމްވޭޖުގެ ކަންކަމުގެ މަޝްޣޫލުވެއުޅުނު ގިނަ ޓެކްނިކަލް މުވައްޒަފުން އެކިއެކި ސަބަބުތަކާއިހުރެ ވަނީ މަސައްކަތާ ދުރަށް ގޮސްފައި. އެހެންކަމުން މިފަދަ މަސައްކަތަށް ބޭނުންވާ ޓެކްނިކަލް ތަޖުރިބާއާ، އެހީތެރިކަން ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށްލަން. 

އެހެންކަމުން އައު މިނިމަމްވޭޖު ބޯޑުގެ ޗެއާމަނާއި، އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން(އައިއެލްއޯ)އާ ގުޅިގެން ފަންނީ އެހީ ހޯދުމުގެ މަސައްކަތް މިދިޔަަ އަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށާ، އައިއެލްއޯއިން ލަފާދީފައިވަނީ ދެ ފިޔަވަށްސަކަށް ބަހާލައިގެން މިނިމަމްވޭޖު ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދާން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިނިމަމްވޭޖު ކަނޑައެޅުންފަދަ ޚައްސާސް ކަންތަކުގައި ރިޢާޔަތްކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ. އަދި ކަނޑައެޅޭ މިނިމަމްވޭޖަކީ އޭގެ ބުރަ އިގްތިޞާދަށާ މަސައްކަތްތެރިންނަށާ މަސައްކަތްތެރި ކަމަށް، ނުކުރާނެ ގޮތަށް ކަނޑައެޅުމުގެ ޒިންމާ ދައުލަތުގެ މައްޗަށް އޮތް އިރު، ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަންޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ. މި މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ނިންމާލެވޭތޯ،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

2021 ވަނަ އަހަރު މިނިމަމް ވޭޖު އިއުލާން ކުރިއިރު ކަނޑައަޅައިފައިވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ؛

ކުދި ވިޔަފާރިތަކަށް މަހަކު 4,500 ރުފިޔާ،

މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7,000 ރުފިޔާ،

ބޮޑެތި ވިޔަފާރިތަކަށް މަހަކު 8,000 ރުފިޔާ

ސިވިލް ސާވިސް (ޕަބްލިކް ސެކްޓާ)އަށް މަހަކު 7,000 ރުފިޔާ

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.