ވިލިމާލެ ހޮސްޕިޓަލް ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލު ކުރުމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއާ ދެމެދު ސޮއި ކުރުމުގެ ތެރެއިން. ފޮޓޯ/ މިނިސްޓްރީ އޮފް ހެލްތް---
ހަބަރު
23 Jun 2025 | 12:23
ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އަމާން ހިޔާ އަށް ބަދަލުކުރަނީ

ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތް ހުންނަ ސަރަހައްދުގައި އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާތީ އެ ހޮސްޕިޓަލްގެ ޚިދުމަތްތަށް ވިލިމާލޭގައި ހުރި އަމާން ހިޔާއަށް ބަދަލުކުރަން ނިންމައިފިއެވެ.

ވިލިމާލޭ ހޮސްޕިޓަލުގެ ޚިދުމަތްތަށް އަމާން ހިޔާއަށް ބަދަލުކުރަން ނިންމާފައިމިވަނީ ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތް ހުންނަ ސަރަހައްދުގައި 112 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރަން ނިންމުމާއި ގުޅިގެންނެވެ. މި ހޮސްޕިޓަލުގެ މަޝްރޫއު އަކީ ޗައިނާގެ އެހީގައި އެ ގައުމުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.

އެ ހޮސްޕިޓަލްގެ "ލެޓާ އޮފް އެކްސްޗޭންޖް" ގައި ސޮއިކުރެވިފައި ވަނީ މި މަހުގެ 4 ދުވަހުގަ އެެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ރަސްމިއްޔާތުގައި ވިދާޅުވެފައި ވަނީ، މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ. އެގޮތުން މި ހޮސްޕިޓަލުގެ ޑިޒައިންގެ މަސައްކަތް ނިންމައި، ކޮންޓްރެކްޓަރެއް ހޯދުމަށް ފަހު ފެށޭ 2026 ވަނަ އަހަރުގެ ކުރީކޮޅު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރ ވަނީ އޭރު ވިދާޅުވެފައެވެ.

ވިލިމާލެ ހޮސްޕިޓަލް ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލު ކުރުމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއާ ދެމެދު އިއްޔެ ވަނީ ސޮއި ކޮށްފައެވެ.

ވިލިމާލޭގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލަށް ކިޔަން ހަމަޖެހިފައިވާ ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.