ދުނިޔެ
24 Jun 2025 | 07:44
ހަމަލާތައް ހުއްޓާލަން އިސްރާއިލާ އީރާނުން އެއްބަސްވެއްޖެ: ޓްރަމްޕް

އިސްރާއީލާއި އިރާނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް މުޅިން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިއުލާންކޮށްފިއެވެ.

އިރާނުން ނިއުކްލިއަރ ހަތިޔާރުތައް ހަދަމުންދާ ކަމަށާ އެކަމުގެ ނުރައްކާ އިސްރާއިލަށް އޮތް ކަމަށް ބުނެ، އިސްރާއީލުން ވަނީ މިމަހުގެ 13 ވަނަ ދުވަހު އިރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް ހަމަލާ ދީފައެވެ.

އެފަހުން އީރާނުންވެސް އިސްރާއިލަށް ހަމަލާތައް ދެމުން ގޮސްފައިވާއިރު، އެމެރިކާއިންވެސް އީރާނަށް ވަނީ ހަމަލާަދީފައެވެ. އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ އިއްޔެގެ ވަގުތެއްގައި ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާއަށް މާ ގިނަ ވަގުތު ނުވަނީސް، ޓްރަމްޕްގެ މީސްމީޑިއާ އެޕްލިކޭޝަން ކަމަށްވާ 'ޓްރޫތު ސޯޝަލް'ގައި ކުރި ޕޯސްޓެއްގައި ވަނީ، އީރާން-އިސްރާއިލް ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް އިއުލާން ކޮށްފައެވެ.

"'12 ދުވަހުގެ ހަނގުރާމަ' އެއްކޮށް ނިމުމަކަށް ގެންނަން އިސްރާއިލާއި އިރާނުން ވަނީ އެއްބަސްވެފައި. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެކަން ތަންފީޒުވާނެ." ޓްރަމްޕް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިސްރާއީލުން ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިރާނުން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަން ކުރިން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އިރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވަނީ އިސްރާއީލުން ހަމަލާ ދިނުން ހުއްޓާނެ ކަމަށް ޔަގީންނުކުރެވޭނަމަ، ހަނގުރާމަ ހުއްޓުމެއް ނާންނާނެ ކަމަށެވެ.

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ މިއަދު ފަތިހު ވިދާޅުވީ އިސްރާއީލުން އިރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ "ޤާނޫނާ ޚިލާފު ޢުދުވާން" މިއަދު 4:00 އަށް ހުއްޓާލައިފިނަމަ އިރާނުން ހަމަލާތައް ހުއްޓާލާނެއެވެ.

އިރާނުން ބުނާ ގޮތުގައި، ޖޫން 13 ގައި އިސްރާއީލުން ހަމަލާ ދޭން ފެށިފަހުން 13 ކުޑަކުދިންނާ އެކު 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި، 3,056 އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. އިސްރާއީލަށް ދިން ހަމަލާތަކުގައި 24 މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް