މާލީ ވަޒީރު މޫސާ ޒަމީރު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Jun 2025 | 07:43
މިހާލަތުގައި ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން ދަނީ ބަލަމުން: މާލީ ވަޒީރު

މެދުއިރުމަތީގެ މަސްރަހް މިވަގުތު އޮތްގޮތުން މިހާލަތުގައި ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން ބަލަމުންދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ އަގުތަކަށް އައިސްދާނެ ބަދަލުތައް ވަރަށް ރަނގަޅަށް ވިލަރެސްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަތުވެދާނޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާއެކު ކުރަމުން އަންނައިރު، މިކަމުގެ ތަކުލީފް ދިވެހިންނަށް އުފުލަން ނުޖެހޭނެ ގޮތަކަށް ސަރުކާރުން ކަންކަން އިންތިޒާމް ކުރަމުންގެންދާނޭ ކަމަށްވެސް ވަޒީރުގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މެދުއިރުމަތީގެ މަޝްރަހު ހޫނުވާން ފަށާފައިވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް އިޒްރާއީލުން އީރާނަށް އިސްވެ ހަމަލާތައްދޭން ފެށުމާ ގުޅިގެންނެވެ. އަދި މަޝްރަހް އިތުރަށް ގޯސްވެފައިވަނީ، ބައެއް އަރަބިގައުމުތަކާ ގުޅިގެން އެމެރިކާއިން އެޤައުމުތަކުގައި ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ އެހީގައި އީރާނަށް ވައިގެ މަގުން ހަމަލާތައް ދިނުމުންނެވެ. އޭގެ ރައްދުގައި އީރާނުން ރޭ ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.