ރަޝިޔާއިން ޔޫކްރެއިންނަށް ދިން ހަމަލާތަކުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ/ އަލް- ޖަޒީރާ--
ދުނިޔެ
24 Jun 2025 | 11:49
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ޑްރޯން ހަމަލާތަކެއްދީފި

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށާއި ކީވްގެ ވަށައިގެންވާ އެހެނިހެން ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ޔޫކްރެއިންގެ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަލާއަކީ މިހަފްތާ ފެށުނުފަހުން ރަޝިޔާއިން އެޤައުމަށް ދީފައިވާ އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ. އެގޮތުން ރަޝިޔާއިން ވަނީ 352 ޑްރޯންގެ އިތުރުން 11 ބެލިސްޓިކް މިސައިލް ހަމަލާ ޔޫކްރެއިންއަށް ދީފައިވާ ކަމަށާއި އިމާރާތްތަކަށް ވެސް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުން ލިބިފައިވާކަމަށް ޔޫކްރެއިންގެ އެއރ ފޯސްއިން ވަނީ ބުނެފައެވެ.

އިއްޔެގެ މިހަމަލާތަކުގައި ޔޫކްރެއިންގެ 10 މީހަކު މަރުވެފައިވާ ކަމަށާއި އެތަކެއްބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް ޔޫކްރެއިންގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސްފަރާތެއް ކަމުގައިވާ ޓްކަޗެންކޯ ބުނެފައިވާ ގޮތުގައި ރަޝިޔާ އިން ދަނީ އާންމުންނަށާއި، މީހުން ދިރިއުޅޭ އެޕާޓްމެންޓްތަކަށާއި، ޓްރެއިން ސްޓޭޝަންތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. މިއީ ގަސްތުގައި ރަޝިޔާއިން ހިންގަމުންދާ ޖަރީމާއެއްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ރަޝިޔާއިން ދަނީ މިހަނގުރާމާގައި އަސްކަރީ ގޮތުން އެތަކެއް ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިހާރު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ގިނަ ރަށްތަކަކަށް އަތްގަދަކުރުމުގެ އޮޕަރޭޝަނެއްވެސް ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ