އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު. ފޮޓޯ/ ރައްޔިތުންގެ މަޖިލިސް---
ހަބަރު
24 Jun 2025 | 13:59
ތެލަސީމިއާ ގާނޫނަށް 13 އަހަރު ފަހުން އިސްލާހު ގެންނަނީ

ގިނަ އަހަރުތަކަކަށް ފަހު ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފުރަތަމަ ފަހަރަށް އިސްލާހެއް ގެންނަން ހުށަހަޅައިފި އެވެ.

މިއީ މިދިޔަ 13 އަހަރަށްފަހު ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެނެވޭ ފުރުތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެ އެވެ. ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު އެންމެ ފަހުން ރާއްޖޭގައި ފާސްކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގަ އެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގަ އެވެ.

ސަރުކާރުގެ ފަރާތުން މި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙުމަދު ނަސީރެވެ. 

މި ބިލުގެ އެންމެ ބޮޑު އެއްބޭނުމަކީ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ތެލެސީމިއާ އެންޑް ހިމޯގްލޯބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ ޝަރުތުތަށް މުރާޖައާކުރުމާއި އެ މަގާމުގެ މަސްއޫލިއްޔަތުތަށް ގާނޫނުގައި ބަޔާން ކުރުމަުގެ އިތުރުން ތެލެސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކާވެނިކުރުމުގެ އުސޫލުތަށް ގާނޫނުގައި ކަނޑައެޅުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަށް ގެނައުމުގެ ގޮތުން ހުށަހެޅުނު ބިލެކެވެ.

މި ބިލުގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި:

* ރާއްޖޭގައި ތެލެސީމިއާގެ ކޭސްތަށް އިތުރުވަމުންދާތީ ތެލެސީމިއާ ކޮންޓްރޯލްކުރުން

* ތެލެސީމިއާއަށް ފަރުވާ ދިނުމަށް ކަނޑައަޅާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޝަރުތުތައް ކަނޑައެޅުން

* ތެލެސީމިއާ ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަރުވާ އެކަށޭނަ ގޮތެއްގައި ދިނުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން

* ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާ މީހުންގެ ދަފްތަރެއް ތައާރަފުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ތައާރަފުކުރުން

މި ބިލާ އެކު ތެލެސީމިއާ އެންޑް ހިމަގްލޮބިން ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ ޝަރުތުތަށް މުރާޖާކުރުމާއި މަގާމުގެ މަސްއޫލިއްޔަތުތައް ވެސް ހިމަނާނެ ކަމަށާއި ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާނެ އުސޫލުތައް ކަނޑައެޅުމަށް ގެންނަންޖެހޭ މުހިއްމު އިސްލާހުތަށް ގާނޫނަށް ގެނައުން ހިމެނޭ ކަމަށް މެމްބަރު ނަސީމް ވިދާޅުވި އެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް މި ގެނެވުނު އިސްލާހުގެ ސަބަބުން ތެލެސީމިއާ އެންޑް ހިމަގްލޮބިން ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކަށް ބޮޑެތި ބަދަލު ތަކެއް މިވަނީ އައިސްފައެވެ. އެގޮތުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

* މެނޭޖްމެންޓް ދާއިރާއިން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ނުވަ 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން

* ސިއްޙީ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަށްވުމާއިއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން ހިމެނެ އެވެ.

* ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ނ. ރ. ބ. ޅ. ގެ އިތުރުން އެ ބަޔަށް އަކުރެއް އިތުރުކުރުމާއި ނ. ގެ 3 ވަނަ މާއްދާ އިސްލާހުކުރުމާއި އެކު 11 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރުމުންނެވެ.

މާދަމާގެ ޖަލްސާގައި ވެސް އެ ބިލުގެ ބަހުސް ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވިއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.