އެލްޖީއޭގެ ވެރިން.... ފޮޓޯ: ވޮއިސް
ހަބަރު
25 Jun 2025 | 20:24
ތިނަދޫ ކައުންސިލްގެ މޭޔަރާ ޑެޕިއުޓީއަށް ފިޔަވަޅު އެޅީ އުސޫލާ ހިލާފަށް: އެމްޑީޕީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގދ.ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އާމެދު ފިޔަވަޅު އަޅާފައިވަނީ، އުސޫލްތަކާ ހިލާފަށްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ފިޔަވަޅު އެޅުމަށް ނިންމުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެލްޖީއޭގެ އެ އަމަލަކީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލުގެ އަގު ވައްޓާލައި، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ބާރު ކަނޑުވާލުމަށް ވެރިކަންކުރާ ޕީއެންސީން ކޮށްފައިވާ ކަމެއް ކަމަށެވެ.

އެމްޑީޕީން ބުނީ އެލްޖީއޭއިން އެ ފިޔަވަޅުތައް އަޅާފައިވަނީ، ތިނަދޫ އުތުރުދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ބޭނުންފުޅުވާގޮތަށް އެ ކައުންސިލުން އަމަލުކުރަމުން ނުދާތީ، އެ ކައުންސިލަށް ހުށަހެޅުނު ހަގީގަތެއްނެތް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެމްޑީޕީން ވަނީ އެ މައްސަލަތައް ނުބަލައި އެލްޖީއޭއަށް ނުފޫޒު ފޯރުވައި ކައުންސިލަރުން ވަކިކުރާނޭކަމުގެ އިންޒާރުވެސް ދީފައިވާކަމަށް ބުނެފައެވެ.

ތިނަދޫ ކައުންސިލުން އެ މައްސަލާގައި އެލްޖީއޭއަށް އެއްބާރުލުންދީފައިވާކަމަށް އެ ކައުންސިލުން ބުނެފައިވާ ކަމަށާއި، މިއަދު ކައުންސިލަރުން ސަސްޕެންޑް ކުރީ އެ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހުކުރަން އެއްވެސް ފިޔަވަޅެއް އަޅަން އެންގުމެއްވެސް ނެތިކަމަށް އެމްޑީޕީން ވަނީ ބަޔާނުގައި ބުނެފައެވެ.

ޕީޕީއެމް /ޕީއެންސީ ވެރިކަމުގައި މިބާވަތުގެ ގާނޫނާ ހިލާފްކަންކަން ކުރަމުން އަންނަކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ، ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ޝަރުއީ މަރުހަލާ މެދުވެރިކޮށާއި މަޖިލީސް މެދުވެރިކޮށް އެމްޑީޕީން މަސައްކަތް ކުރަމުންދާނޭކަމުގެ ޔަގީންކަންދޭކަމަށެވެ. އަދި އެމްޑީޕީން ވަނީ ސަރުކާރުން ކުރާ މިފަދަ ގާނޫނާ ހިލާފް ފިޔަވަޅުތަކާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ކައުްނސިލްތަކުން ތެދުވުމަށް ގޮވާލާފައެވެ.

އެލްޖީއޭއިން މިއަދު ވަނީ ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ ނަސްރުﷲ އަލީ އަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އެލްޖީއޭ އިން މި ނިންމުން ނިންމީ ތިނަދޫ ކައުންސިލާއި ގުޅޭގޮތުން އެލްޖީއޭ އިން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އެވެ

އިންކުއަރީގައި ބަލާފައިވާ ބައެއް މައްސަލަތައް

* އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ

* ތިނަދޫން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށައެޅުމުން 5,000 ރުފިޔާގެ ފީއެއް ނަގާ މައްސަލަ

* ތިނަދޫން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމުގެ ކައުންސިލުން ފީއެއް ނެގުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އެލްޖީއޭ ބޯޑުން އެންގުމުން އަމަލު ކުރި މައްސަލަ

* އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން ތިނަދޫ ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވުން

* އަތޮޅު ކައުންސިލުން އަންގާ އެއްވެސް އެންގުމަކަށް ތިނަދޫ ކައުންސިލުން އަމަލު ނުކުރާ މައްސަލަ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.