ުެުރަޝިޔާގެ ރައީސް ޕުޓިން (ކ)، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ (ވ). ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ
26 Jun 2025 | 17:04
ޕުޓިންގެ މައްޗައް ދައުވާކުރުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގޮވާލައިފި

ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއަކީ "ހަނގުރާމައިގެ ކުށްވެރިއެއް" ކަމަށް ތުހުމަތު ކުރެއްވާ ޕުޓިންގެ މައްޗަށް ދައުވާ ކުރުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ގޮވާލައިފިއެވެ.

ޒެލެންސްކީ މި މިފަދައިން ބުނެފައި މި ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް މައްސަލައިގައި ޕުޓިން ހިމެނޭ ގޮތަށް ރަޝިޔާގެ އޮފިޝަލުންގެ މައްޗަށް ދައުވާ ކުރުމަށް ހާއްސަ ޓްރައިބިއުނަލެއް ގާއިމް ކުރުމަށް ކައުންސިލް އޮފް ޔޫރަޕާ އެކު އެއްބަސްވުމެއްގައި ސޮއި ކުރުމުންނެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ރަޝިޔާއިން ދަނީ ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ވެރިވެ ގަންނަމުންނެވެ. އެގޮތުން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ދްނީޕްރޯޕެތުރޯވް ހިފުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ދްނީޕްރޯޕެތުރޯވް ސަރަހައްދު ދިފާއުކުރުމަށްޓަކައި ޔޫކްރެއިންގެ ސިފައިން އެތަކެއް މަސައްކަތްތަކެއް ކުރިނަމަވެސް ދްނީޕްރޯޕެތުރޯވްސްކް ސަރަހައްދަށް އަތްގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓުރީ އިން ވެސް ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާއިން ވަނީ ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަފަށައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މިވަގުތު ވެސް ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބައި ސަރަޙައްދެއް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮންބާސްގެ ސަރަހައްދުތަށް ކަމަށްވާ ކަމުގައިވާ ލުހާންސްކާއި ޑޮނެސްކުގެ އިތުރުން ޒަޕޮރީރިޔާގެ ގިނަ ސަރަހައްދުތަކެއް ވެސް ހިމެނެއެވެ.

ރަޝިޔާއިން ޔޫކްރެއިންނަށް ދެމުން އަންނަ ހަމަލާތަށް ތިން އަހަރަށް ދިގު ދެމިގެންދާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހަމައަށް އާދެވިފައިވީ ނަމަވެސް އެމަޝްވަރާތަށް ވަނީ ވަގުތީ ގޮތުން މެދުކެނޑިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ