ތެޔޮ ބޯޓުގައި އަލިފާން ރޯވެ އަނދަނީ...- ފޮޓޯ/ އެމްއެންޑިއެފް
ހަބަރު
01 Jul 2025 | 15:54
ވިލުފުށީ އަލިފާނުގެ ހާދިސާ: ފިހުނު ދިވެހި މީހާގެ ހާލު ސީރިއަސް

ވިލުފުށީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު 2 މީހުންގެ ތެރެއިން ދިވެހި މީހާގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:10 ގައި އެރަށު ބަނދަރުގައި އަޅާފައި އޮތް ދެ ތެޔޮބޯޓެއްގައި ރޯވެގެންނެވެ. މި ދެ ތެޔޮބޯޓަކީ ވެސް އަލިފާނުގެ ހާދިސާގައި އަނިޔާވި ދިވެހި މީހާގެ ދެ ބޯޓެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ވިލުފުށި ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ދިވެހި މީހާގެ ހަށިގަނޑުގެ 35 އިންސައްތަ ފިހިފައިވާކަމަށެވެ. މިވަގުތު އޭނާއަށް ވިލުފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި، އިތުރުފަރުވާއަށް އޭނާ މާލެ ގެނައުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށް ވިލުފުށީ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

މި ހާދިސާގައި ބިދޭސީ މީހާއަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން އޭނާގެ މޫނުމަތީގެ ބައެއް ފިހިފައިވާއިރު ދޯނިން ފުންމާލަން އުޅުމުގެ ތެރޭގައި ބޯވެސް ވަނީ ފަޅައިގެން ގޮސްފައެވެ. ބޯޓުގައި އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައިވެސް، ވިލުފުށީގައި ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެފަހަރު ހިނގި އަލިފާނުގެ ހާދިސާގައިވެސް ގެއްލުންވެފައިވަނީ މިއަދު ހިނގި ހާދިސާގައި އަނދައިގެންދިޔަ ބޯޓުތަކުގެ ވެރިފަރާތުގެ އުޅަނދަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.