ގުޅީފަޅު
ހަބަރު
01 Jul 2025 | 17:27
ގުޅީފަޅު ގޯތިތަކުގެ އައު އެއްބަސްވުމާ، ރަޖިސްޓްރީ ދޫކުރަން ތައްޔާރުވެއްޖެ

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާ ގުޅިގެން ބާތިލްކުރި ގޯތިތަކުގެ އެއްބަސްވުމާ ރަޖިސްޓްރީ އަލުން ދޫކުރަން ތައްޔާރުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަކްޗާއިން ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުލީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް މީގެކުރިން ދޫކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓްރީ ބާތިކުރުމާ ގުޅިގެން ޖޫންމަހުގެ 2 ވަނަ ދުވަހު ގެޒެޓްގައި އާއްމުކޮށްފައިވާ ލިސްޓްގައިވާ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ގޯތީގެ އެއްބަސްވުން ދޫކުރުމަށް މިއަދުން ފެށިގެން އެޕޮއިންޓްމަންޓަށް އެދެވޭނޭކަމަށެވެ.

އެޕޮއިންޓްމަންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. ހައުސިން މިނިސްޓްރީން ބުނީ ކޮންމެ ގަޑިއަކަށްވެސް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކަށް ކަމަށެވެ. ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރުމަށް ނިންމާފައިވަނީ، މިހިނގާ ޖުލައިމަހުގެ 7 ވާ ހޯމަދުވަހުގެ ހެނދުނު 9:30 އިން ފެށިގެންނެވެ.

އެޕޮއިންޓްމަންޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިއުން:

- ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ އެކެއްގެ އައިޑީކާޑު

- ގޯތިލިބޭ ފަރާތް ނޫން އެހެން ފަރާތެއް ހާޒިރުވާނަމަ ޕަވާއޮފް އެޓާނީ އާއި އައިޑީކާޑު ކޮޕީ

- މިނިސްޓްރީ އާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ

- މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކުރި ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ

ގުޅީފަޅުން ގޯތި ދޫކުރުން މިހާތަނަށް ލަސްވެފައިވަނީ، ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދިއުމާއި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާ ގުޅިގެން ކުރިން ގޯތިތައް ދޫކުރި ތަންތަން ތަރުތީބުކުރަން ޖެހުމުންނެވެ. ގުޅީފަޅުން ގޯތި ދިނުމަށް 150 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުން 3،520 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.