ސިނގިރޭޓް ފޮށިތަކެއް. ފޮޓޯ/ ގޫގުލް---
ހަބަރު
02 Jul 2025 | 09:47
ދުންފަތް ވިއްކާ ފަރާތްތަކުން ލައިސެންސް ނަގަން ހަނދާންކޮށްދީފި

ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ފަރާތްތަކުން ނަގަންޖެހޭ ހާއްސަ ލައިސެންސް ނެގޭނެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފިއެވެ.

ދުންފަތުގެ ބާވަތްތަށް އިމްޕޯޓްކުރުމަށާއި، ރީ އެކްސްޕޯޓްކުރުމަށާއި، އަދި ރާއްޖޭގައި ވިއްކުމުގެ ގާނޫނު (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު، ގާނޫނު ނަމްބަރު 15/2010)  އަދި އެ ގާނޫނުގެ ދަށުން އާންމު ކޮށްފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދު" (ނަމްބަރު: 2025/R-21) ގައި ބަޔާންކޮށްފައިވާ ގޮތުގައި ދުންފަތުގެ ވިޔަފާރިކުރުމަށް ހާއްސަ ލައިސެންސް އެއް ނަގަންޖެހޭނެއެވެ.

އެޗް.ޕީ.އޭ އިން ބުނެފައިވާ ގޮތުގައި ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސެންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން OneGov ޕޯޓަލް މެދުވެރިކޮށް ލައިސެންސް ނެގުމުގެ ފުރުސަތު މި އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާކަމަށާއި މި ލައިސެންސް ނެގުމުގެ މުއްދަތު ތިން މަސްދުވަހުގެ ތެރޭގައި ހަމަވާނެކަމަށެވެ. އެ ގޮތުން މި މުއްދަތު ހަމަވާ ތާރީހަކީ މި މަހުގެ 17 ވަނަ ދުވަހެވެ.

އެ ގޮތުން މި މަހުގެ 17 ވަނަ ދުވަހަށްފަހު ލައިސެންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަމަށާއި ގާނޫނު ލާޒިމުކުރާ ލައިސެންސް ނެގުމަށް ހުރިހާ ފަރާތްތަކަށް އެޗް.ޕީ.އޭ އިން ވަނީ ހަނދާންކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.