އެމްއެމްއޭ: ފޮޓޯ/ ވޮއިސް
ހަބަރު
02 Jul 2025 | 11:47
އެމްއެމްއޭ އިން އިސްލާމިކް ފައިނޭންސިންގެ ދާއިރާތަކުން 35 ސްކޮލާޝިޕަށް ހުޅުވާލައިފި

މަރުކަޒީ ބޭންކު އެމްއެމްއޭއިން އިސްލާމިކް ފައިނޭންސްއާ ގުޅޭ 35 ސްކޮލަޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިފުތިތާހުކުރި އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ހުޅުވާލި، މި ސްކޯލާޝިޕް ތަކަކީ މިދާއިރާއިން މީހުން ތަމްރީނުކުރުމުގެ ގޮތުން ހުޅުވާލި ފުރުސަތުތަކެއް ކަމަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަދި މިއީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަންއިން އިސްލާމިކް ފައިނޭންސް (އިންސެފް)އާއި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެން ހުޅުވާލި ފުރުސަތުތަކެއް ކަންވެސް ފާހަގަކޮށްފައުވެއެވެ. 

އެމްއެމްއޭއިން ބުނެފައިވާގޮތުން، ޔޫއައިއެސް އަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސް ގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު މެލޭޝިޔާގެ ޔުނިވަސިޓީއެކެވެ. އަދި އިންސެފް ޔުނިވަސިޓީ އަކީ އިސްލާމިކް ފައިނޭންސްގެ ތައުލީމް ފޯރުކޮށްދިނުމާއި، ދިރާސާާާ ކުރަން ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ މުއައްސަސާއެއް ކަމަށްވެސް ބުންޏެވެ.

ސްކޮލާޝިޕް ހުޅުވާލާފައިވާ ދާއިރާތައް

1. އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް: ފުލީ ފަންޑެޑް ފަސް ފުރުސަތާއި ޕާޝަލް ޕަންޑިންގެ ފަސް ފުރުސަތު

2. މެލޭޝިއާގެ ޔުނިވަސިޓީގެ އިންސީއީއައިއެފް (އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް) ޔުނިވާސިޓީން އީއެމްއައިއެފް އިން މައިކްރޯ ސަޓިފިކޭޝަން: ފަސް ފުރުސަތު

3. ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) މެލޭޝިއާ: 20 ފުރުސަތު

މި ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތައް އެމްއެމްއޭގެ އިއުލާނުގައި ބަޔާންކޮށްފައިވާއިރު، ކޯސްތަކަށް ކުރިމަތިލާން ޖެހެނީ އޮންލައިން ލިންކެއް މެދުވެރިކޮށެވެ. މި ލިންކު އެމްއެމްއޭގެ ވެބަސައިޓު މެދުވެރިކޮށް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް