އިންވެސްޓުކޮށްގެން ރާއްޖޭގެ ރައްޔިތުކަން ލިބޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އިކޮނަމިކް މިނިސްޓަރު
ހަބަރު
02 Jul 2025 | 13:02
އިންވެސްޓުކޮށްގެން ރާއްޖޭގައި ދިރިއުޅެވޭ ފުރަތަމަ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ދިވެހިރާއްޖޭގެ ފުރަތަމަ "ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމް" ތަޢާރަފުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންވެސްޓްމަންޓް މައިގްރޭޝަން ކުންފުންޏެއް ކަމުގައިވާ ހެންލީ އެންޑް ޕާޓްނާސްއާއެކު، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި އިއްޔެ އޮތް ރާއްޖޭގެ އިންވެސްޓްމަންޓު ފޯރަމްގެ ތެރެއިންނެވެ.

މިކަމާއި ގުޅިގެން އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުނަ، އިންވެސްޓަރުން ކުރާ އިތުބާރު ބޮޑުވެ، ބައިނަލްއަގްވާމާ މައިދާނުގައި ރާއްޖޭގެ އަގު އުފުލޭނެ ކަމަށެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގެ ސަބަބުން ރައީސް މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ 2024 ވަނަ އަހަރުގެ ތަޞައްވުރުގެ ދަށުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމުގެ އައު މަގުތަކެއް ހުޅުވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހެންލީ އެންޑް ޕާޓްނާސް އަކީ ކާމިޔާބު އަދި ތަޖުރިބާ ހުރި ކުންފުންޏެއް ކަން ފާހަގަކުރައްވައި މިނިސްޓަރ ސައީދު ވިދާޅުވީ، މިކުންފުނީގެ އެހީތެރިކަމާއެކު ރާއްޖެއަށް އިތުބާރު ހުރި އިންވެސްޓަރުން ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި ރާއްޖެއަކީ އިތުބާރު ހިފޭ އިގްތިޞާދެއްގެ ގޮތުގައި ދުނިޔެ ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމަކީ، އެ ގައުމަކަށް ވަކި އަދަދެއްގެ ފައިސާ އިންވެސްޓުކުރާ އިންވެސްޓަރުންނަށް ނުވަތަ ވިޔަފާރިވެރިންނަށް އެ ގައުމެއްގެ ވަގުތީ ނުވަތަ ދާއިމީ ރަށްވެހިކަން ލިބޭ ޕްރޮގްރާމެކެވެ.

އެޑިޓަރުގެ ނޯޓް
މި ޚަބަރުގައި ރައްޔިތުކަން ލިބޭ ކަމަށް ކުރިން ޖެހިފައިވަނީ އޮޅުމަކުން. އެ ކުށް މިހާރު ވާނީ އިސްލާޙް ކުރެވިފައި
ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.