ޓްރީޓޮޕް ހޮސްޕިޓަލް... ފޮޓޯ: އެޗްޑީސީ
ހަބަރު
02 Jul 2025 | 15:30
ބޭސްފަރުވާގެ ހަރަދަށް މެއިމަހު އެންސްޕާއިން ކުރި ހޭދަ 14.2 މިލިއަން ރުފިޔާގައި

ބޭސްފަރުވާގެ ހަރަދަށް އެކަނިވެސް ހުސްވި މެއިމަހު އެންސްޕާއިން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މެއިމަހު ބޭސްފަރުވާގެ ކަންކަމަށް އެކި ފަރާތްތަކަށް ވަނީ، 14.2 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށްގޮސް ފަރުވާކުރި މީހުނަށް ވަނީ 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ ބޭރުފައިސާއިން ބަލާނަމަ، 253،539.16 ޑޮލަރެވެ. މެއިމަހު ރާއްޖެއިން ބޭސްފަރުވާގެ ކަންކަމަށް ކުރި ހޭދަ އުޅެނީ 10.3 މިލިއަން ރުފިޔާގައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު މެއިމަހު ބޭސްފަރުވާގެ ކަންކަމުގައި އެންމެބޮޑު ހޭދައެއްކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް އެޑްމިޓްކޮށްގެން ހިދުމަތް ހޯދި ފަރާތްތަކަށެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯދި 334 މީހަކަށް ވަނީ 4.1 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އޭޑީކޭއިން ހިދުމަތް ހޯދި 190 މީހަކަށް ވަނީ 3.2 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. 

ތަފާސްހިސާބަށް ބަލާއިރު، ޓްރީޓޮޕް ހޮސްޕިޓަލުން އެންމެގިނައިން ފަރުވާ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ. ކަށީގެ ބަލިތަކަށް 53 މީހަކު ފަރުވާ ހޯދިއިރު ދެން އެންމެގިނައިން އެންމެގިނައިން ފަރުވާ ހޯދާފައިވަނީ ވިހެއުމާ ގުޅޭ ކަންކަމަށެވެ.

ޓްރިޓޮޕް ހޮސްޕިޓަލުން ބޭސްފަރުވާ ހޯދި މީހުނަށް އެންސްޕާއިން ކުރި ހޭދަ

އޭޑީކޭއަށް ބަލާއިރު މެއިމަހު އެ ހޮސްޕިޓަލުން ހޯދި ހިދުމަތްތަކުގެ ތެރެއިން އެންމެބޮޑު ހޭދައެއްކޮށްފައިވަނީ، ކާޑިއޯވެސްކިއުލަރ އަށެވެ. އޭގެ އިތުރުން ދެން އެންމެގިނައިން ހޭދަކޮށްފައިވަނީ މައިބަދަ އަދި ކަށީގެ ބަލިތަކަށް ފަރުވާހޯދި މީހުންނަށެވެ.

އޭޑީކޭއިން ބޭސްފަރުވާ ހޯދި މީހުނަށް އެންސްޕާއިން ކުރި ހޭދަ

ފިނޭންސުން ނެރެފައިވާ ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، ޖޫންމަހުގެ 19 ވަނަ ދުވަހާ ހަމަޔަށް އެންސްޕާއިން ކުރި ހޭދަ އުޅެނީ 1.45 ބިލިއަން ރުފިޔާގައެވެ. އެންސްޕާގެ ވެލްފެއާ ބަޖެޓްގެ ގޮތުގައި މިއަހަރަށް ފާސްކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.