ޝެއިޚް ހަސީނާ
ދުނިޔެ
04 Jul 2025 | 15:11
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށް 6 މަހުގެ ޖަލު ޙުކުމެއް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޝެއިޚް ޙަސީނާ، ކޯޓުގެ ޙުރުމަތް ކަނޑާލި ކަމުގެ ދައުވާ ސާބިތުވެ، އެ ގައުމުގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއިން ހަ މަސް ދުވަހުގެ ޖަލު ޙުކުމެއް ކޮށްފިއެވެ.

ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދީ އަމިއްލައަށް އަރުވާލެވިގެން ހުންނަވަނިކޮށް، މިދިޔަ ބުދަ ދުވަހު، މި ޙުކުމް އިއްވާފައިވަނީ ޝެއިޚް ޙަސީނާގެ ޣައިރު ޙާޒިރުގައެވެ.

މިދިޔަ އޮގަސްޓް މަހު ބަންގްލަދޭޝްގެ ދަރިވަރުން ތަކެއް ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާތަކަށްފަހު ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގެންނެވިފަހުން ޙަސީނާއާ ދެކޮޅަށް ގިނަ އަދަދެއްގެ މައްސަލަތަކެ ކޯޓުގައި ހިނގަމުންދާއިރު، މިއީ ބަންގްލަދޭޝްގެ ކުރީގެ ވެރިޔަކާ ދެކޮޅަށް ޖަލު ޙުކުމެއް ކުރި ފުރަތަމަ ފަހަރެވެ.

ޗީފް ޕްރޮސިކިއުޓަރ މުޙައްމަދު ތާޖުލް އިސްލާމް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ޙަސީނާގެ ޕާޓީ، އަވާމީ ލީގުގެ ލީޑަރެއް ކަމަށްވާ ޝަކީލް އަކަންދް ބުލްބުލްއަށް ވެސް ދެ މަސް ދުވަހުގެ ޖަލު ޙުކުމެއް ވަނީ ކޮށްފައެވެ.

ހަސީނާ އާއި ޝަކީލްގެ މައްޗަށް އިއްވާފައިވާ މި ޙުކުމްތައް ތަންފީޒުވާނީ ހައްޔަރުކުރުމުން ނުވަތަ ކޯޓަށް ހާޒިރުވުމުން ކަމަށް ޕްރޮސިކިއުޓަރ ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުން، ކޯޓުގެ ޙުރުމަތް ކަނޑާލުމުގެ ދައުވާ ހަސީނާގެ މައްޗަށް އުފުލާފައިވަނީ، ލީކުވެފައިވާ ފޯނު ރެކޯޑިންގއަކާ ގުޅިގެންނެވެ. އެ ރެކޯޑިންގައި ޙަސީނާ ކަމަށް ތުހުމަތުވާ މީހަކު ވަނީ، އޭނާއާ ”ދެކޮޅަށް 227 މައްސަލަ އެބަހުރި، އެހެންކަމުން މިހާރު 227 މީހުން މަރާލުމުގެ ލައިސަންސެއް އަހަންނަށް ލިބިފައި"ވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް