އެމްއެމްޕީއާރްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެމްއެމްޕީއާރްސީގެ ވެރިން -- ފޮޓޯ: އެމްއެމްޕީއާރްސީ
ހަބަރު
09 Jul 2025 | 15:10
އެމްއެމްޕީއާރުސީގެ ޚަރަދުތައް ކުޑަކުރުމަށް އެމްއައިޓީޑީސީ އުވާލަން މަޖިލީހުން ފާސްކޮށްފި

އާމްދަނީ އިތުރުކޮށް، ޚަރަދުކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ ޙާލަތު މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު މިއަދުގެ ޖަލްސާގައި އެއަށް ވޯޓަށް އަހާފައިވާއިރު، މި ރިޕޯޓް ފާސްކުރުމަށް 62 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. 

އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށްފަހު ކޮމިޓީން މިދިޔަ އާދިއްތަ ދުވަަހު ނެރުނު ރިޕޯޓުގައިވަނީ އެމްއެމްޕީއާރްސީގެ ގިއަރިން ރޭޝިއޯތައް ކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ ހުރީ މައިނަސް ޢަދަދުތަކެއްގައި ކަމަށެވެ.

އަދި އަދަދުތައް މައިނަސްގައި ހުރުމުން ކުންފުނި ބަނގުރޫޓުވުމުގެ ނުރައްކާ އޮތްކަން އަންގައިދޭ ކަމަށާ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރަން ޖެހޭކަން އަންގައިދޭ ކަމެއް ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެމްއައިޓީޑީސީއަކީ ދައުލަތުގެ ބަޖެޓުން, ބޮޑު ޚަރަދެއް ކުރަންޖެހޭ ކުންފުންޏެއް ކަމަށްވާއިރު، އެއީ ފެށުނީއްސުރެވެސް ގޯސްކޮށް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށް ރިޕޯޓްގައިވެއެވެ. އެހެންވެ އެ ކުންފުނި އުވާލުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމާއި ފިސްކަލް ރިފޯމާ ވެސް ގުޅޭ މުހިންމު ނިންމުމެއްކަމަށް ރިޕޯޓުގައިވެއެވެ.

ހަމައެހެންމެ، އެމްއެމްޕީއާރްސީއަކީ އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި ދިރާސާ ކުރުމަށް އަންގައި، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދުމަށް އެމްއެމްޕީއާރުސީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. 

އަދި، އެމްއައިޓީޑީސީ އުވާލުމަށް ކުންފުނީގެ ޤާނޫނާ އެއްގޮތަށް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި ސައްޙަ ދަރަނިތައް އަދާކޮށް، ޤާނޫނުގައި ބަޔާންކުރާ އެހެން ކަންކަން ފުރިހަމަކުރުމަށް މާލީވުޒާރާއަށް އަންގައި އެކަންކަން ފުރިހަމަ ކުރުމަށްފަހު ސަަރުކާރުގެ ނިންމުމާ އެއްގޮތަށް އެމްއައިޓީޑީސީ އުވާލުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށް އަންގަންވެސް ވަނީ ފާސްކޮށްފައެވެ.

މިދިޔަ ޖޫންމަހު އޮޑިޓަރ ޖެނެރަލް ނެރުއްވި 2024 އަހަރުގެ އެމްއެމްޕީއާރުސީގެ ރިޕޯޓްގައި އެކުންފުނީގެ ޖުމްލަ ދަރަނި 1.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އެގޮތުން އެމްއެމްޕީއާރުސީން 2013 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު ރިސޯޓް ހެދުމަށް ފަޅުރަށްތައް ވިއްކައިގެން ލިބުނު ފައިސާއިން ޓޫރިޒަމް މިނިސްޓްރީއަށް މިހާރުވެސް ދޭންޖެހޭ އަދަދު 1.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. މީގެ އިތުރުން އެމްޕީއެލުން 2020 ވަނަ އަހަރު ނެގި 85 މިލިއަން މިލިއަން ރުފިޔާގެ ލޯނު އޮތްއިރު، އެ ލޯނުގެ އިންޓްރެސްޓް ރޭޓް އުޅެނީ އަހަރަކަށް 4.60 އިންސައްތައިގެ ރޭޓްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.