މަރުކަޒުގެ މިސްކިތް ބައިގައި ބާލިދީ ބަހައްޓާފައި --
ހަބަރު
10 Jul 2025 | 18:29
ވާރޭވެހޭތީ އިސްލާމީ މަރުކަޒުގައި ބާލިދީ ބަހައްޓާފައި

ރާއްޖޭގައި ހުރި އެންމެ ރީތި އަދި އެންމެ ބޮޑު އެއް މިސްކިތް -- މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ވާރޭވެހޭތީ މިއަދު ބާލިދީ ބަހައްޓައިފި އެވެ.

މިއަދަކީ މުޅި ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަހެކެވެ. ވެރިރަށް މާލެއަށް ވެސް މޫސުން ވަރަށް ގޯހެވެ. ދޭތެރެ ދޭތެރެއިން ވަރަށް ބޯކޮށް ދަނީ ވާރޭވެހުމުންނެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިސްލާމީ މަރުކަޒުގެ މިސްކިތް ބަޔަށް ވެސް ވަނީ ވާރޭވެހިފަ އެވެ. ވާރޭތިކިތިކި ޖަހާތީ މިސްކިތުގެ އެކި ސަރަހައްދުތަކުގައި ވަނީ ބާލިދީ ބަހައްޓާފަ އެވެ. އެ ގޮތުން މިސްކިތުގެ ޖުމްހޫރީ މައިދާނާއިވީ ފަޅީގެ އެކި ސަރަހައްދުގައި ބާލިދީ ބަހައްޓާފައިވެ އެވެ.

އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާ ސުވާލުކުރުމުން އެކަން ބަލާލުމަށް ފަހު ޖަވާބެއް ދޭނެ ކަމަށް ބުންޏެވެ.

އިސްލާމީ މަރުކަޒަކީ މީގެ 40 އަހަރު ކުރީން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަނެކެވެ. އެ މަރުކަޒަކީ އަދިވެސް ރާއްޖޭގައި ހުރި އެންމެ ރީތި މަރުކަޒެވެ. މަރުކަޒުގައިވާ މިސްކިތަކީ ރާއްޖޭގައިވާ އެންމެ ރީތި އެއް މިސްކިތެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހިންގަނީ މަރުކަޒުގަ އެވެ.

އެ މިސްކިތް ރަނގަޅަށް ނުބަލަހައްޓާ ކަމުގެ ޝަކުވާ ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ