އަތޮޅު ފެރީގައި ލ. ގަމަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ގަމުން ހައްޔަރު ކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެތި: ފޮޓޯ/ ޕޮލިސް

އަތޮޅު ފެރީގައި ލ. ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނީ، އިއްޔެ މެންދުރުފަހު ލ. ގަމުގައި ހިންގި އޮޕަރޭޝަނެއްގައި،  މުކުރިމަގު ބަނދަރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަަމަވެ. 

މި އޮޕަރޭޝަން ހިންގާފައިވަނީ ލ. ގަން އަތޮޅު ފެރީއަށް މަސްތުވާތަކެތި ޓްރެފިކްކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށާ، ހައްޔަރުކުރި ފިރިހެން މީހާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޕެކެޓުގެ ބަރުދަނުގައި 321.40 ގްރާމް ހުރިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް