ޓީމުތަކުގެ މެދުގައި ގުރު ނަގައިފި: ދެން އޮތީ ބައިބަލާ މޮޅަށް ކުޅުން!

30 May 2019 | 23:32

ފިތުރު އީދާ ގުޅުވައިގެން ރާއްޖޭގެ ބައިބަލާ އެސޯސިއޭޝަނުން ބާއްވާ ބައިބަލާ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި ގުރުނަގައިފިއެވެ.

ގުރުނެގުން ކުރިއަށް ދިޔައީ ޓީވީއެމްގައި ބޭއްވި ހަފްލާއެއްގައި ޓީމްތަކުގެ ހާޒިރުގައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 32 ޓީމް ބައިވެރިވެފައިވެއެވެ.

މުބާރާތް ރޭވިފައިވަނީ ވަނީ ފުރަތަމަ ބުރަކާއި، ރައުންޑް އޮފް 16 އަކާއި، ކުއާޓާ ފައިންލް، ސެމީ ފައިނަލް އިން ފައިނަލްއަށް ދާގޮތަށެވެ.

މުބާރާތުގައި ބައިވެރިވާ ބައެއްޓީމުތަކުން މިހާރު އަންނަނީ މުބާރާތައް ޕްރެކްޓިސް ފާށާފައެވެ. މީގެއިތުރުން ގިނަ ސަރަހައްދުތަކުގައި މިހާރު ވަނީ ބައިބަލާ ރިންގް އަޅާފައެވެ.

ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން "ވޮއިސް" އާއި ވާހަކަ ދައްކަވަމުން ޢަލީ ޝާން(ސަޓޯ) ވިދާޅުވެފައިވަނީ މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ދެވަނަ ދުވަހުކަމަށެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަ ޖެހިފައިވަނީ މިދިޔަ އަހަރުވެސް ބޭއްވި މާލެ ކުޅިވަރު އެކުވެރި މެރީ ބްރައުން ފުރަގަހުގައި ކަމަށް މައުލޫމާތު ދެއްވައެވެ.

އަގު ބޮޑު ފައިސާގެ އިނާމް ހުށަހެޅިފައިވާ ބައިބަލާ މުބާރާތުގެ ޗެންޕިއަން ޓީމަކަށް 100،000 ރ، ރަނާރަޕް ޓީމަށް 40،000 އަދި މިސްޓަރ ބައިބަލާއަށް 10،000 ރުފިޔާ ވަނީ ހުށަހަޅާފައިވާ މިމުބާރާތުގެ ފެއާ ޕްލޭޓީމަށް 15،000 ހުށަހަޅާފައިވެއެވެ.

ނުވަދިހާއިގެ އަހަރުތަކުގައި ބާއްވަން ފެށި މި މުބާރާތުގައި ސާޅީހަށް ވުރެ ގިނަ ޓީމު ބައިވެރިވަމުން އަންނަ އާދެއެވެ. ކުރިން ދިވެހިރާއްޖޭގެ އަޑުން އަދި ފަހުން ޔޫތް މިނިސްޓްރީން ބޭއްވި މި މުބަރާތް ބައިބަލާ އެސޯސިއޭޝަން އުފެދުމާއެކު ކުރިއަށް ދަނީ އިންތިޒާމް ރަނގަޅުކޮށެވެ.

Advertisement

ކޮމެންޓް