އެމްޓީޑީސީގެ އަޔާޑާ/ ފޮޓޯ: އަޔާޑާ
ހަބަރު
14 Jul 2025 | 13:53
ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް ގެ ޝަރަފުވެރި ދެ އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ

ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް 2025 ގެ ޝަރަފުވެރި ދެ އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ އެވެ.

މިކަން ހާމަކޮށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވަނީ, "ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް 2025"ގެ ދެ އެވޯޑަކަށް ދިވެހިރާއްޖެ ނޮމިނޭޓުވިއިރު، ވޯޓުލުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރެޝަންނުން ވަނީ އާންމުންގެ ހުރިހާ ފަރާތްތަކުންވެސް ދިވެހިރާއްޖެއަށް ވޯޓު ދިނުމަށް އެދިފައެވެ.

މިއަހަރު ރާއްޖެ ނޮމިނޭޓުވެފައިވާ ދެ އެވޯޑަކީ:

- މޯސްޓް ޑިޒައިރަބަލް ކަންޓްރީ

- ވޯލްޑްވައިޑްމޯސްޓް ޑިޒައިރަބަލް އައިލެންޑް(ސް) - ވޯލްޑްވައިޑް އެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑަކީ ދުނިޔޭގެ ޓްރެވަލް އިންޑަސްޓްރީގައި ވަރަށް ބޮޑަށް ބަލައިގަންނަ އެވޯޑަކަށް ވާއިރު، ނަސީބުވެރިން ކަނޑައަޅަނީ ހަމައެކަނި އާންމުންގެ ވޯޓުން ކަމަށެވެ. ރާއްޖެއިން ވަނީ މީގެ ކުރިން ވެސް ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓަގަރީ 2025 ގައި ޝަރަފުވެރި ދެ އެވޯޑެއް ވެސް ހާސިލުކޮށްފަ އެވެ. އެއީ:

- އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2025

- އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2025 އެވެ.

ރާއްޖެއިން ވަނީ ނިމިގެން ދިޔަ ފަސް އަހަރު އިންޑިއަން އޯޝަންސް އަދި ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ހޯދާފައެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ އެކިކަންކޮޅުތަކުގައި އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލެވެ. ހާއްސަ ގޮތެއްގައި ހަނީމޫނުގެ ދުވަސްތައް ހޭދަކުރުމަށް ރާއްޖެއަކީ ގިނަ ބައެއްގެ މަދުގައި ގިނަދުވަސްވީ މަންޒިލެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.