އިންޑިގޯ އެއާލައިންސް ގެ ފޮލައިޓް އެއް| ފޮތޯ: ޓްލެވެލިއުޝަން މީޑިއާ
ހަބަރު
17 Jul 2025 | 11:03
އިންޑިގޯގެ މަތިންދާ ބޯޓެއް އިންޖީނު ފެއިލް ވެގެން އެމަޖެންސީގައި މުމްބާއީއަށް ޖައްސައިފި

އިންޑިޔާގެ ނިޔު ދިއްލީ އިން ގޯއާއަށް ދަތުރު ކުރަމުން ދިޔަ އިންޑިގޯގެ މަތިންދާ ބޯޓެއް އިންޖީނު ފެއިލް ވެގެން މުމްބާއީ އަށް އެމަޖެންސީގައި ޖައްސައިފި އެވެ.

މި އެމަޖެންސީ ދިމާވެގެން 9:35 ހާ އިރު ވަނީ ރިޕޯޓު ކުރެވިފަ އެވެ. އަދި ރޭ 9:52 ހާ އިރު މި ފްލައިޓް ވަނީ މުމްބާއީ އަށް ޖައްސާފަ އެވެ.  މި އެމަޖެންސީ ލޭންޑިން ކޮށްފައި ވަނީ އިނޑިގޯ އެއާލައިންސް އަށް ނިސްބަތްވާ  6އީ-6271 ފްލައިޓް ގެ އެއް އިންޖީނު ފެއިލް ވެގެން އެވެ. މި ބޯޓު ދަދުރު ކުރަމުން ދިޔައީ އިންޑިޔާގެ ނިޔު ދިއްލީ އިން ގޯއާ އަށެވެ.  މި ބޯޓު ޖައްސާފައި ވަނީ މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓް އަށެވެ. މި ބޯޓުގައި ދަތުރު ކުރަމުން ދިޔަ މީހުންގެ އަދަދު ހާމަ ކޮށްފައެއް ނުވެއެވެ. 

މި ފްލައިޓް އިން ދަތުރު ކުރަމުން ދިޔަ ފަރާތްތަކުގެ ކިބައިން އިންޑިގޯ އެއާލައިންސް އިން ވަނީ ނިހާޔަތައް މަައާފަށް އެދިފަ އެވެ.  އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މުމްބާއީ ޗަތުރަޕަތީ ޝިވާޖީ މަހަރާޖް އިންޓަނޭޝަނަލް އެއާޕޯޓް އިން ވަނީ ބުނެފަ އެވެ. 

 ކަސްޓަމަރުން އާއި މުވައްޒަފުންގެ ސަލާމަތީ ރައްކާތެރި ކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ކަމަށް އިންޑިގޯ އެއާލައިންސް އިން ވަނީ ބުނެފައެވެ. އަދި ވީ އެންމެ އަވަހަކަށް މި ބޯޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް