ވޮއިސް އެމްވީގެ ކޯޕަރޭޓް އެގްޒެކެޓިވް އައިޝަތު ނީޝާން(ކ) އަދި މުބާރާތުގެ އޯގަނައިޒިން ކޮމިޓީ މެމްބަރު އީސާ ޚަލީލް... ފޮޓޯ: ވޮއިސް ސްޕޯޓްސް
ކުޅިވަރު
19 Jul 2025 | 15:31
ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2025 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

އީއެކްސްއީ ކްލަބާއި ކްލަބް ޑިވެންގް ގުޅިގެން އިންތިޒާމުކުރާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2025" ގެ އޮފިޝަލް މީޑިއަ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފިއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރާއެކު ވޮއިސް އެމްވީ އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވޮއިސް ސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ ވޮއިސް އެމްވީގެ ކޯޕަރޭޓް އެގްޒެކެޓިވް އައިޝަތު ނީޝާން އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މުބާރާތުގެ އޯގަނައިޒިން ކޮމިޓީ މެމްބަރު އީސާ ޚަލީލް އެވެ.

ކާށިދޫ ކައުންސިލްގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން، ކާށިދޫގައި ބޮޑު ފުޓްބޯޅައިގެ ފޯރި ދިރުވައި އާލާކުރުމެވެ. އަދި މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ވާދަވެރި މުބާރާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމެވެ.

24 ޖުލައި 2025 އިން 03 އޮގަސްޓް 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 31 އަދި އޮގަސްޓް އެއްވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް ތިންވަނަ ދުވަހު އެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 40،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ކާށިދޫ ކައުންސިލްގެ ފަރާތުން ވަނީ ކަޑައަޅާފައެވެ. 

މުބާރާތުގެ އޮފިޝަލް ޕާޓްނަރުންގެ ގޮތުގައި މީޑިއާ ޕާޓްނަރު ވޮއިސް ސްޕޯޓްސް، ޓްރަވަލް ޕާޓްނަރ މައިދޫ ސްޕީޑްސް އަދި ބޭވަރެޖް ޕާޓްނަރު ލަކީ ވޭ، ފޮޓޯގްރަފީ ޕާޓްނަރު މާން ގްރަފީ، ކިޓް ޕާޓްނަރު ބެންބޫ އަދި ޕްރިންޓިންގ ޕާޓްނަރަކަށް ރެޑް ކްރިއޭޓިވް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި އެމްޖީ ސްޕޯޓްސް އެކަޑަމީ ހިމަނާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ފަންގި އިންވެސްޓްމަންޓް، ޑައިމަންޑް ރޫޓް، ކެފޭ ދި ބޮޑުގެ، އީއެކްސްއީ ޝޮޕްގެ އިތުރުން ކުދިރަތްމާ ވަނީ ހަމަޖައްސާފައެވެ. 














ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.