ޖެޓް ވެއްޓުނު ސަރަހައްދުގައި ކަމާގުޅުންހުރި ފަރާތްތަކުން ހަރަކާތްތެރިވަނީ: ފޮޓޯ/ ހިންދުސްތާން ޓައިމްސް
ދުނިޔެ
21 Jul 2025 | 17:40
ބަންގްލަދޭޝްގެ ކޮލެޖަކަށް އަސްކަރީ ޖެޓެއް ވެއްޓި 19 މީހަކު މަރުވެއްޖެ

ބަންގްލަދޭޝްގެ ކޮލެޖަކަށް އަސްކަރީ ޖެޓެއް ވެއްޓި 19 މީހަކު މަރުވެއްޖެ އެވެ.

ބަންގާޅުގެ މީޑިއާތަކުން ބުނެފައިވަނީ ބޯޓު ވެއްޓިފައިވަނީ، މިއަދުގެ މެންދުރުގެ ވަގުތެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އުއްތަރާ އަވަށުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ކެމްޕަހަކަށެވެ. މިހާދިސާގައި މަރުވެފައިވަނީ 16 ދަރިވަރުންނާއި، 2 މުދައްރިސެއްގެ އިތުރުން ޖެޓްގެ ޕައިލެޓެވެ.

މި ހާދިސާގައި 19 މީހަކު މަރުވެފައިވާއިރު 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. ވެއްޓުނު ޖެޓަކީ ޗައިނާގެ ޖޭ-7 ފައިޓަރުގެ އެޑްވާންސް ވާޝަން ކަމަށްވާ އެފް-7ބީޖީއައިގެ ޖެޓެކެވެ.

ބަންގްލަދޭޝްގެ ވަގުތީ ލީޑަރު މުޙައްމަދު ޔޫނުސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރެއްވައި މަރުވިމީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ޓީވީ ފޫޓޭޖާއި ސޯޝަލް މީޑީޔާގައި އެކިފަރާތްތަކުން ހިއްސާކޮށްފައިފާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓުނު ތަން ވަނީ އަލިފާނާއި ދުމުން ފުރިފަ އެވެ. އެވަގުތު އެމަޖެންސީ ހާލަތުގައި މަސައްކަތްކުރާ މުވައްޒަފުން އަލިފާންގަނޑު ނިއްވުމުގެ މަސައްކަތްކުރާ ތަން ވީޑިއޯތަކުން ފެނެ އެވެ.  މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެޤައުމުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.