މާޅެންދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި
ނ. މާޅެންދޫގައި ތަރައްޤީކުރާ ފިޓްނަސް ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.
މާޅެންދޫގައި ތަރައްޤީކުރާ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.
މިދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ފިޓްނެސް ސެންޓަރުތަށް އަދި މިއަހަރާ އަދި އަންނަ 2026 ވަނަ އަހަރުގެ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
މާޅެންދޫގައި ތަރައްޤީކުރާ ފިޓްނެސް ސެންޓަރުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިޓްނެސް ސެންޓަރުތަށް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists