މާލޭ މަގުމަތީގައި އުޅޭ ބުޅާތަކެއް: ފޮޓޯ/ ވޮއިސް---
ހަބަރު
23 Jul 2025 | 15:50
މާލޭ ސިޓީގައި އުޅޭ ބުޅާތައް އޮޅުހިޔާ އަށް ވެއްދުމުގެ މަސައްކަތް ދަނީ ކުރަމުން: އެގްރިކަލްޗަރ މިނިސްޓްރީ

މާލޭ ސިޓީ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތައް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޮޅުހިޔާ އަށް ވެއްދުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން ބުނެފި އެވެ.

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލޭ ސިޓީ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް ހާނިއްކަ ކުރާ ކަމުގެ ޝަކުވާތައް ލިބިފައިވާކަމަށެވެ. އެގޮތުން ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ބުޅާތައް މިހާރު އޮޅުހިޔާ އަށް ގެންނަން ފަށާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން ބުނީ ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވުމުގެ އިތުރުން ޢިލްމީ ދިރާސާކުރުންފަދަ ބޭނުންތަކަށް ޖަނަވާރުން ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭނޭކަމަށެވެ. ބުޅާތަކަށް އަނިޔާކުރުމުގެ ޝަކުވާ ލިބިފައިވާކަން ފާހަގަކުރަމުން ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، މިފަދަ ޢަމަލުތަކަކީ ޖަނަވާރުތަކުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކެއްކަމަށާއި، މިފަދަ ކަންކަން ތަކުރާނުކުރުމަށް އެދޭކަމަށެވެ.

މިފަދަ ޢަމަލުތަށް ތަކުރާރުނުކުރުމަށް އިލްތިމާސްކޮށް ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން ބުނެފައިވަނީ ޖަނަވާރުންގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ، އެސޮރުމެންނަށް ލިބިގެންވާ ފަސް މިނިވަންކަމެއް ކަމަށެވެ. އެ ފަސް މިނިވަންކަމުގެ ތެރޭގައި އެ ވުޒާރާއިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

- ހައިހޫނުކަމާއި ކަރުހިއްކުމާއި ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން

- ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން

- ޖިސްމާނީ ގޮތުން އަރާމު ނުލިބުމުން މިންޖުވުމުގެ މިނިވަންކަން

- ވޭނާއި ހާނީއްކަ އާއި ބަލިން މިންޖުވުމުގެ މިނިވަންކަން

- އާދަވެގެން ޖަނަވާރު އުޅޭ އުޅުމުގެ އުޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން

އޮޅުހިޔާ އަކީ މާލޭ ސަރަޙައްދުގައި މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމުގެ ގޮތުން ގާއިމްކޮށްފައިވާ ތަނެކެވެ. އޮޅުހިޔާގެ ސަބަބުން މާލޭގައި އުޅޭ ބުޅާތަކުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ދާއިމީ ލުޔެއް ލިބިގެން ދާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަޙައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ފާމަސީއެއް އޮޅުހިޔާގައި ވަނީ ގާއިމްކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ