އުމަރު ނަސީރު: ފޮޓޯ/ ވޮއިސް---
ހަބަރު
23 Jul 2025 | 15:26
ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަތުމުން ހަޅޭއްލަވާ ފުރައްސާރަކުރުމަކީ ހިޔާލުފާޅުކުރުމެއް ނޫން: އުމަރު

ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަތުމުން ހަޅޭއްލަވާ ފުރައްސާރަކުރުމަކީ ހިޔާލުފާޅުކުރުން ނޫންކަމަށް ކުރީގެ ދާހިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްޔެ ނ.ކުޑަފަރީއަށް ކުރެއްވި ދަތުރުފުޅުގައި މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެމްޑީއޭއަށް ތާއިދުކުރާ އަންހެނަކު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް އަދަބު އިހުތިރާމް ކުޑަވާނެހެން މުހާތަބުކޮށްފައެވެ. 

މިކަމާ ގުޅޭގޮތުން އުމަރު ނަސީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އާންމު ތަންތަނުގައި އެއްވެސް މީހަކާ ދިމާއަށް، އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނާދިމާލަށް ހަޅޭއްލަވާ ފުރައްސާރަ ކުރާކުރުން ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ. އުމަރު ވިދާޅުވީ މިފަދަ އަމަލުތަކަކީ ހިޔާލުފާޅުން ނޫންކަމަށާއި މިއީ ފުރައްސާރަކުރުން ކަމަށެވެ.

މިއީ ޚިޔާލުފާޅުކުރުމެއް ނޫން. މިއީ ފުރައްސާރަކުރުން. އަޅުގަޑުމެންގެ ތެރޭ އަޚުލާގެއް އޮންނަންވާނެ.

އުމަރު ނަސީރު ވިދާޅުވި އެވެ.

ރައީސް ޑރ.މުއިއްޒަށް ކުޑަފަރީން މީހަކު އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް މުހާތަބްކުރި މައްސަލާގައި ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ. މިކަމާ ގުޅޭގޮތުން ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވެފައިވަނީ ޤައުުމުގެ ރައީސުލްޖުމްހޫރިއްޔާއާ މުހާތަބުކޮށް އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެފަދަ ގޮތަކަށް ކަންކަން ހިނގިޔަދީގެން ނުވާނޭކަމަށާއި، ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިޔަސް އެމަޤާމު ރަމްޒުކޮށްދެނީ ދިވެހި ދައުލަތްކަމަށެވެ. 

މިނިވަންކަމަކީ ގޮތްނެތް ކަމެއްނޫންކަން ފާހަގަކުރައްވަމުން ކުރީގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވީ ޑިމޮކްރަސީ އަކީ ހިތުހުރިހާގޮތަކަށް އުޅުއްމެއްވެސް ނޫންކަމަށެވެ. ސަރުކާރާއި ރައީސްއަށް ފާޑުކިޔޭނޭކަން ފާހަގަކުރައްވަމުން މުއިއްޒުއ އަދުނާން ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް އޮންނާނީ ވަކި ހުދޫދެއްގެ ދަށުން ކަމަށެވެ.

ކޮމެންޓް
މުހައްމަދު
މިބޭފުޅާ ހަރުގަނޑެއް ހިތްޕަވައިގެން އުޅުއްވި ދުވަސް ހަނދާން އެބަވޭ
23 Jul 2025
މަ
މިއީ ވަރަށް ދެރަކަމެއް. މި ފެންވަރަށްކަންތައް ދާއިރު ބަލަން ތިބެގެން ނުވާނެ. މި ފަދަ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ގޮވާލަން.
23 Jul 2025
ސަންތި
ތިއީ ބަޔަކިމީހުން މިގައުމުގައި ފަތުރަންބޭނުންވާކަމެއް އެމީހުންފެށިކަމެއް މުޅިގައުމުގެ ފޭރާން މުޑުދާރުކުރާ ބަޔަކު އިސްސަފުގައިތިބެގެން ކުރުވާފައޮތް ކަމެއް މިކަންއެބަޖެހޭ ހުއްޓުވަން
23 Jul 2025
ޢަލީ
އެއީ މިޤައުމަށް ޑިމޮކްރަސީ ގެނައިކަމަށް ދަޢުވާކުރާ މީހުން ބުނާގޮތުން ޑިމޮކްރަސީ ފައްކާވުން. އަޅުގަނޑުމެން އެފަދަ ޑިމޮކްރަސީއެއް ބޭނުމެއްނޫން.
23 Jul 2025
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ