ރައީސް ޑރ.މުއިއްޒާއި ބޮޑުވަޒީރު މޯދީ، ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Jul 2025 | 18:26
އިންޑިޔާއިން 565 މިލިއަން ޑޮލަރުގެ އެލްއޯސީއެއް؛ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފަށަނީ

ރާއްޖޭގައި މުހިއްމު ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމަށް އިންޑިޔާގެ އިމްޕޯޓް އެންޑް އެކްސްޕޯޓު ބޭންކު (އެގްޒިމް ބޭންކު) މެދުވެރިކޮށް 565 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސައި، އިންޑިޔާއާއި ރާއްޖޭގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމަށް އެއްބަސްވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރަސްމީ ދައުވަތުފުޅަކަށް، ދެ ދުވަހުގެ ފުރަމާަނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު މުހިއްމު އަށް އެއްބަސްވުމުގައި ދެ ގައުމުގެ މެދުގައި ސޮއިކުރެވުނެވެ. 

މި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް އިންޑިޔާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖެއްސުމަށް ގާއިމުކުރެވުނު ފަހުމުނާމާ ހިމެނެއެވެ. އެ ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސަ ޒަމީރެވެ. އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރެވެ. 

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރަައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ މި ފައިސާއަކީ އެމަނިކުފާނުގެ ސަރުކާރުން އަސްކަރީ، ތައުލީމީ، ސިއްހީ އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރިއަށްގެންދިއުމަށް އިސްކަންދޭ މަޝްރޫއުތައް ތަންފީޒުކުރުމަށް ބޭނުންކުރެވޭނެ ފައިސާކަން ފާހަގަކުރައްވައި އިންޑިޔާއަށް ޝުކުރު އަދާކުރައްވާފައެވެ. 

މި އެއްބަސްވުމުގެ އިތުރަށް ދެން ސޮއިކުރެވުނު އެންމެ މުހިއްމު އެއްބަސްވުމަކީ އިންޑިޔާއާއި ރާއްޖޭގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ރަސްމީކޮށް މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމެވެ. ރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވިއްޖެނަމަ، އެވާނީ ރާއްޖެއާއި އެހެން ގައުމަކާމެދު ގާއިމުކުރެވޭ ދެވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުަހައްމަދު ސައީދެވެ. އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރެވެ. 

ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި އެއްބަސްވުން ގާއިމުކުރެވުމުން ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ވިޔަފާަރިއާއި އިގުތިސާދީ ގުޅުން އެތައް ގުނައެއް ފުޅާަކުރެވި، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓުމެންޓު ދައުރުކުރުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. 

މި އެއްބަސްވުންތަކުގެ އިތުރަށް އިންޑިޔާއިން ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ހަމަޖައްސައިދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭ އިތުރު އެއްބަސްވުމެއްގަައި ސޮއިކުރެވުނެވެ. 

ރައީސްވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމުގައި އިންޑިޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.