ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---
ހަބަރު
26 Jul 2025 | 10:11
ސަލާމަތީ ބާރުތަކަށް އިންވެސްޓްކުރަނީ، ކޮންމެ އަކަ އިންޗިއެއް ބަލަހައްޓަން ޖެހޭނީ އަމިއްލައަށް ކަމަށްވާތީ: ރައީސް

ސިފައިންނާއި ފުލުހުންނަށް އިންވެސްޓްކުރަންޖެހެނީ، ދިވެހިރާއްޖޭގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓަން ޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިބީދައިން ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިރާއްޖެއަކީ ފަޚުރުވެރި މިނިވަން ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުން ޤައުމުގެ ރައްޔިތުން ހިމާޔަތްކުރުމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ކަންކަން ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށެވެ.

ދިވެހިންގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބޮޑުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބޮޑު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ.  އެގޮތުން އީއީޒެޑް އެންމެ ބޮޑު 3 ޤައުމުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މިހާ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ ރަށްރަކާއި އަތޮޅުތަށް އޮތް ޤައުމަކަށް ވާއިރު، އަޅުގަނޑުމެންގެ މީސްތަކުންގެ އަދަދު އަދި މިލިއަނުން ގުނާލަން ނުޖެހުނަސް، އަޅުގަނޑުމެންނަކީ ފަޚުރުވެރި މިނިވަން ޤައުމެއް. މި ފަޚުރުވެރި މިނިވަން ޤައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް. އެއީ އަޅުގަނޑު ޤަބޫލުކުރާ ހަމައަކީ. އެހެންވީމަ، ސިފައިންނަށް އެހާބޮޑަށް އަޅުގަނޑުމެން އިންވެސްޓްކުރަނީ. ފުލުހުންނަށް ބޭނުންވާ ކަންކަމުގަ އަޅުގަނޑުމެން އެހާ ބޮޑަށް ސަމާލުކަން ދެނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ކަންކަން ބެލެހެއްޓުމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަން ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހޯދަން ޖެހޭ ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ 

ސަލާމަތީ ބާރުތަކުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ރައީސް ޑރ.މުއިއްޒުގެ ވެރިކަމު މިހާހިސާބަށް އާއިރުވެސް ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހިން އަމިއްލައަށް ކުރުމަށްޓަކައި، އަސްކަރީ ޑްރޯންތަކެއް ވަނީ ގެނެސްފަ އެވެ. އަދި ހަމައެހެންމެ، ދިވެހި ސިފައިންގެ ވައިގެ ޔުނިޓެއްވެސް ވަނީ ގާއިމްކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ