ތައިލެންޑް-ކެމްބޯޑިއާ ހަމނުޖެހުން ތަކުގައި މަރުވި މީހެއްގެ ހަށިގަނޑު ކެމްބޯޑިއާ ސިފައިން ގެންދަނީ: ފޮޓޯ/ އަލް- ޖަޒީރާ
ދުނިޔެ
26 Jul 2025 | 16:00
ތައިލެންޑް-ކެމްބޯޑިއާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި

ތައިލެންޑާއި ކެމްބޯޑިއާ ދެޤައުމުގެ ދެމެދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި އެވެ.

ކެމްބޯޑިއާގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްގެ ތަރުޖަމާނު މާލީ ސޮޗެއާޓާ މިއަދު އެޤައުމުގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހުން ބަދަލުކުރި ހަމަލާތަކުގައި އާންމުންގެ 7 މީހަކާއި ސިފައިންގެ 5 މީހަކު މަރުވެފައިވާކަމަށެވެ. އަދި ކެމްބޯޑިއާގެ އާންމުންގެ 50 މީހުންގެ އިތުރުން ސިފައިންގެ 20 އަށް ވުރެ ގިނަ މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ތައިލެންޑުން ވަނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންގެ 13 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި ކެމްބޯޑިއާގެ ހަމަލާތަކުގައި ތައިލެންޑުގެ އިތުރު 29 ސިފައިންނާއި އާންމުންގެ 30 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ވެސް ވަނީ ރިޕޯޓްކޯށްފަ އެވެ. މިކަމާއި ގުޅިގެން ތައިލެންޑުން ވަނީ ކެމްބޯޑިއާގައި ތިބި އެޤައުމުގެ ރައްޔިތުން ނެރުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ކެމްބޯޑިއާއިން ވެސް ވަނީ ތައިލެންޑްގައި ތިބި އެޤައުމުގެ ރައްޔިތުން ނެރުމުގެ މަސައްކަތް ފަށައިފަ އެވެ.

މީގެ ދިހަވަރަކަށް އަހަރު ކުރިން ހިނގި ހަމަނުޖެހުން ބުރާސްފަތި ދުވަހު އަލުން ފެށިފައިވާ އިރު މިކަން ގޯހުން ގޯހަށް ގޮސްފައި މިވަނީ ދެ ޤައުމުގެ ބޯޑަރުގައި ލޭންޑްމައިނެއް ގޮވުމުގެ ސަބަބުން ތައިލެންޑް ސިފައިންގެ ފަސް މީހަކު ޒަޚަމްވުމުގެ ސަބަބުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ