ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް:
ހަބަރު
26 Jul 2025 | 16:56
އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބަލާލުމަށް މާލެ އާއި އައްޑޫގައި ޕްލެޓްފޯމުތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޮޑު ސްކްރީނުން ބެލުމަށްޓަކައި މާލޭ ސަރަޙައްދުގެ އިތުރުން އައްޑޫ ސިޓީގައި ޕްލެޓްފޯމްތަކެއް ބަހައްޓަން ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވީހާވެސް ގިނަބަޔަކަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޕްލެޓްފޯމުތައް މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން އައްޑޫ ފޭދޫގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން އެމްއޭސީއެލް އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ ސަރަޙައްދުގެ އިތުރުން އައްޑޫ ސިޓީގެ ޖުމްލަ 8 ސަރަޙައްދެއްގައި އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބެލުމުގެ އިންތިޒާމްތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްއޭސީއެލުން ވަނީ އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބެލުމަށް އާންމުންގެ ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވާފަ އެވެ.

އައު ޓާމިނަލް ހުޅުވާ ރަސްމިއްޔާތު ދެއްކުމުގެ ގޮތުން ސްކްރީން ބެހެއްޓުމަށް މާލޭގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ:

އާޓިފިޝަލް ބީޗް

- ރާޅުގަނޑު ބްރިޖުވިއު ޕްލެޓްފޯމު-

- ލޮނުޒިޔާރަތް ޕާކް ބީޗް ސަރަހައްދު

- ރަސްފަންނު

ހުޅުމާލޭގައި ކަނޑައަޅާފައިވާ ސަރަޙައްދުތައް:

- ސެންޓްރަލް ޕާކް

- ފޭސް2 ހިޔާ ޕާކް

ވިލިމާލޭގައި ކަނޑައަޅާފައިވާ ސަރަޙައްދުތައް:

- ވިލިމާލޭ ފެރީ ޓަރމިނަލް

މި ރަސްމިއްޔާތު ބެލުމަށް އެމްއޭސީއެލް އިން އައްޑޫ ސިޓީ ފޭދޫގައި ކަނޑައަޅާފައިވާ ސަރަޙައްދުތައް:

- ފޭދޫ ބަނދަރުމަތި

ވެލާނާ އިންޓަރނޭޗަނަލް އެއަރޕޯޓް އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކުރުގެ ގޮތުން ހަވާ އެރުވުމުގެ ހަރަކާތަކާއި ޑްރޯން ޝޯވއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ