އެމްއޭސީއެލްގެ އެމްޑީ ޝަރީފްވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ---
ހަބަރު
26 Jul 2025 | 21:28
ވީއައިއޭއަކީ ދިވެހިންގެ ފަހުރެއް. އެކަން ދަމަހައްޓަންޖެހޭ: ޝަރީފް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދިވެހިންގެ ފަހުރެއްކަމަށާއި، އެކަން އެގޮތުގައި ދަމަހައްޓަންޖެހޭކަަށް ވެލާނާ އިންތަރނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ މުސްތަގްބަލުގެ މުޅިން އައު ބާބެއް މިރޭ ފެށިގެންދިޔަކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އަޅުގަނޑުމެން މިރޭ މިސްރާބް ޖަހަނީ އަންނަން އޮތް ޖީލްތަކަށް ޤައުމީ މި އެއާޕޯޓް ހަވާލުކޮށްދިނުމަށްކަމަށެވެ. ޝަރީފް ވިދާޅުވީ އައު ޓާމިނަލްގެ މަސައްކަތް ނިންމާލެވުނީ ގޮންޖެހުންތަކާއެކު ކަމަށާއި، އައު ޓާމިނަލްގެ މަސައްކަތް ފަށައިގަނެވުނީ ކުރިން ހީކުރެވިފައިނެތް ވަރަށްބޮޑު މަސައްކަތްތަކެއްގެ ތެރެއިންކަމަށެވެ. 

އަދުގެ ސަރުކާރުން ޓާމިނަލާ ހަވާލުވިއިރު ނިމިފައިވަނީ 30 އިންސައްތަ މަސައްކަތްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އަނެއް 70 އިންސައްތައިގެ މަސައްކަތާއެކު އައު ޓާމިނަލްގެ މަސައްކަތް ނިމިގެންދިޔައިރު، ކުރިން ނުކޮށްހުރި މުހިންމު އެތައްކަމެއް ނިންމާލެވުނުކަމަށެވެ. އެގޮތުން އައު ޓާމިނަލަށް ކަރަންޓް ދެވޭނެ ގޮތާއި، ފެން ހިންދާ ނިޒާމްފަދަ މުހިއްމު މަސައްކަތްތައް އެއަޕޯޓް މުއައްޒަފުންގެ ބުރަ މަސައްކަތްތަކާއެކު ނިންމާލެވުނުކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އައުޓާމިނަލްގެ ޗެކިން ކައުންޓަރުތައް...

"ދިވެހިދިދަ ހިފައިގެން އަންނަ ބޯޓުތަކާއި ބޭރުގެ އެކި ކަރަކަރައިގެ ބޯޓުތަކުން މިތަން ޒީނަތްތެރިވެގެންދާނެ.ނަމަވެސް ހަނދުމަނެތި ނުކުރައްވާތި. މިއީ ދިވެހިްނގެ ފަހްރު. އެންމެންގެ ޝަރަފް. މަރުހަބާ ޝުކުރު ހައްގުވެގެންވަނީ އަޅުގަނޑުމެން އެންމެނަށް. ފަސްވެދިޔަ ކާބަފައިންނާއި، އިސްވާންތިބި ދަރިންނާ، އަދި މިތަނުގައި ހިދުމަތަށް ނިކުންނަންތިބި މީހުންނާ މުއައްޒަފަކާ އިހްލާސްތެރި ހިދުމަތުގައި ދެމިތިބޭ ކޮންމެ ދަރިއަކާ، ތެދުވެރިވެ އިހްލާސްތެރިކަމާއެކު ހެޔޮގޮުގައި މި ފަހްރާ ޝަރަފް ދަމަހައްޓަވާތި" ވާހަކަފުޅު ނިންމަވާލައްވަމުން ޝަރީފް ވިދާޅުވިއެވެ.

ވީއައިއޭގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އާ ޚިދުމަތްތައް ވެސް ހިމެނޭގޮތަށް ހުޅުވާ ޓަރމިނަލެކެވެ. މި ޓާމިނަލާއެކު ވީއައިއޭގެ ހިދުމަތް އެތައް ތަނަކުން ކުރިއަރައިގެންގޮސް ދިވެހިރާއްޖެ އަންނަ ފަތުރުވެރިންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.

ބޯޑިން ކުރުމަށްފަހު ތިބޭ ސަރަހައްދު

އައު ޓާމިނަލްގެ ފާހަގަކޮށްލެވޭ ބައެއް ހިދުމަތްތައް:

- ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރު

- ސެލްފް ޗެކިން ހަ ކިއޯސްކް

- އިމިގްރޭޝަން ކްލިއަރ ކުރުމަށް 20 ކައުންޓަރު

- 28 އެރައިވަލް އިމިގްރޭޝަން ކައުންޓަރު

- ފަސް ބެގޭޖް ކްލެއިމް ބެލްޓް

- 6 ފަސެންޖަރ ބޯޑިން ގޭޓް

ބެގޭޖް ބެލްޓްތައް

އައު ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އެއަށްފަހު ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ވަނީ ޓާމިނަލްގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ސައުދީގެ ބިންލާދިން ގްރޫއްޕާ ހަވާލުކޮށްގެން ތަރައްޤީކުރި އައު ޓާމިނަލަށް 5 ބިިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެމްއޭސީއެލުން ބުނީ އައު މި ޓާމިނަލުން އަހަރެއްގެ ތެރޭގައި 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ