މެލޭޝިޔާގެ މަގެއްގެ މައްޗަށް އާންމުން އެއްވެ މުޒާހަރާކުރަނީ: ފޮޓޯ/ އަލް-ޖަޒީރާ---
ދުނިޔެ
27 Jul 2025 | 13:50
ބޮޑު ވަޒީރުގެ އިސްތިޢުފާއަށް ގޮވާލާ މެލޭޝިޔާގައި މުޒާހަރާކޮށްފި

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިސްތިޢުފާއަށް ގޮވާލާ އެ ޤައުމުގެ އެއްހާސް ރައްޔިތުންނެއް ކުއާލާ ލަމްޕޫރުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

މެލޭޝިޔާގެ ރައްޔިތުން އެ ޤައުމުގެ ބޮޑުވަޒީރު އަންވަރުގެ އިސްތިޢުފާއަށް ގޮވާލައި މަގުމައްޗަށް ނިކުމެ މުޒާހަރާކުރަން ފަށާފައި މިވަނީ، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ވެފައިވާ އެއްވެސް ވަޢުދެއް ނުފުއްދުނު ކަމަށް ބުނެ އެވެ. މި ހަރަކާތް އިންތިޒާމުކޮށްފައި ވަނީ އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުންނެވެ.

މިއީ 2022 ވަނަ އަހަރު މޭލޭޝިޔާގައި ބޭއްވުނު އިންތިޚާބަށްފަހު އަންވަރު އެ ޤައުމުގެ ބޮޑު ވަޒީރުކަމާއި ހަވާލުވެ ވަޑައިގަތް ފަހުން އެ ޤައުމުގައި ބޭއްވި ފުރަތަމަ އެއްވުމެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވާ ގޮތުގައި އަންވަރު މެލޭޝިޔާގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތްތާ ތިން އަހަރުވެފައިވާ ކަމަށާއި، އެހެންނަމަވެސް އޭނާ ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް އަދިވެސް ފުއްދަވާފައި ނުވާކަމަށެވެ.

އަންވަރު މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ "އިސްލާހީ" ޓިކެޓެއްގަ އެވެ. އެ ގޮތުން ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ބޮއްސުންލައިގެން ގޮސްފައިވާ ސިޔާސީ ނިޒާމުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަނާއި ނެޕޮޓިޒަމް އަދި ކްރޮނިޒަމްއާ ފަސްޖެހުމެއްނެތި ކުރިމަތިލައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފަ އެވެ.

މެލޭޝިޔާގެ ގިނަ ބަޔަކު ދަނީ އަންވަރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ. މަޤާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސިޔާސީ ވާދަވެރިންގެ މައްޗަށް ނުޙައްޤުން ދަޢުވާ ކުރަމުންދާ މައްސަލާގައިވެސް އަންވަރަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ