ޑީސީ އާއި އެސްޕީއެސްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާންގްރަފީ
ކުޅިވަރު
28 Jul 2025 | 08:46
ފަސޭހަކަމާއެކު ޑީސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެސްޕީއެސްސީ ސެމީއަށް

މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހެނދުނު އެސްޕީއެސްސީ (ސްޕާޓަންސް) އާއި ޑީސީ ކުޅުނު މެޗު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސްޕާޓަންސް އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި އެސްޕީއެސްސީ ކުޅުނު ފުރަތަމަ މެޗުގައި ފްލަޔާސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވި ނަމަވެސް، ދެވަނަ މެޗުގައި އެޓީމުން ވަނީ 12-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޑީޖީޑީ ބަލިކޮށްފައެވެ.

ޑީސީގެ ފުރަތަމަ މެޗުގައި ޑީޖީޑީ އަތުން 17-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ފްލަޔާސް އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ޑީސީ އާއި އެސްޕީއެސްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާންގްރަފީ

މެޗުގެ ފުރަތަމަ ހާފުގައި އެސްޕީއެސްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން އެސްޕީއެސްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޑީސީ އިން ކުޅުން ރަނގަޅު ކުރި ނަމަވެސް މިހާފުގައި ވެސް އެސްޕީއެސްސީ އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެސްޕީއެސްސީގެ އަބާން މުހައްމަދު، އަހުމަދު މަޖީދު އަދި މުހައްމަދު އައުޝަމް އާތިފް މިއިން ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝާކިރު އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްޕީއެސްސީގެ އަހުމަދު މަޖީދު އެވެ.

ޑީސީ އާއި އެސްޕީއެސްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާންގްރަފީ

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އެސްޕީއެސްސީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމުން ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ޑީސީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.

24 ޖުލައި 2025 އިން 03 އޮގަސްޓް 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެސްޕީއެސްސީގެ އަހުމަދު މަޖީދު.. ފޮޓޯ: މާންގްރަފީ

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 31 އަދި އޮގަސްޓް އެއްވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް ތިންވަނަ ދުވަހު އެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 40،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ކާށިދޫ ކައުންސިލްގެ ފަރާތުން ވަނީ ކަޑައަޅާފައެވެ. 

މުބާރާތުގެ އޮފިޝަލް ޕާޓްނަރުންގެ ގޮތުގައި މީޑިއާ ޕާޓްނަރު ވޮއިސް ސްޕޯޓްސް، ޓްރަވަލް ޕާޓްނަރ މައިދޫ ސްޕީޑްސް އަދި ބޭވަރެޖް ޕާޓްނަރު ލަކީ ވޭ، ފޮޓޯގްރަފީ ޕާޓްނަރު މާން ގްރަފީ، ކިޓް ޕާޓްނަރު ބެންބޫ އަދި ޕްރިންޓިންގ ޕާޓްނަރަކަށް ރެޑް ކްރިއޭޓިވް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި އެމްޖީ ސްޕޯޓްސް އެކަޑަމީ ހިމަނާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ފަންގި އިންވެސްޓްމަންޓް، ޑައިމަންޑް ރޫޓް، ކެފޭ ދި ބޮޑުގެ، އީއެކްސްއީ ޝޮޕްގެ އިތުރުން ކުދިރަތްމާ ވަނީ ހަމަޖައްސާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.