ނާސާ އަދި އިސްރޯގެ ސެޓްލައިޓް... ފޮޓޯ: ނާސާ
ދުނިޔެ
31 Jul 2025 | 10:15
ނާސާއާއި އިސްރޯ ގުޅިގެން ސެޓެލައިޓެއް އުދުއްސާލައިފި

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި އިންޑިއާގެ ޖައްވީ އިދާރާ އިސްރޯ ގުޅިގެން އިއްޔެ ސެޓެލައިޓެއް އުދުއްސާލައިފިއެވެ.

މޫސުމީ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރާ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ މި ސެޓެލައިޓަކީ ޖައްވީ ވާދަވެރިކަން ބޮޑުވެފައިވާ މިދެގައުމުން ގުޅިގެން އުފެއްދި މިފަދަ ފުރަތަމަ ސެޓެލައިޓެވެ. މި ސެޓެލައިޓްގެ އެހީގައި މޫސުމީ ބަދަލުތަކުގެ އަސަރުތަކާއި ޤުދުރަތީ ކާރިސާތަކާއި ބެހެ އިތުރު މައުލޫމާތު ހޯދޭނެއެވެ.

މި ސެޓެލައިޓް ޖައްވަށް އުދުއްސާލީ އިންޑިއާގެ ސަތިޝް ސަވާން ސްޕޭސް ސެންޓަރުންނެވެ. ނާސާ-އިސްރޯ ސިންތެޓިކް އެޕާޗަރ ރާޑަރ (ނިސާރް) ގެ ނަން ދީފައިވާ މި ސެޓެލައިޓަކީ ދެ ރާޑަރ ފްރިކުއަންސީ ބޭނުންކުރާނެ ފުރަތަމަ ރާޑަރ އިމޭޖިންގ ސެޓެލައިޓެވެ. އެގޮތުން މި ސެޓެލައިޓުގައި ނާސާއިން ފޯރުކޮށްދިން އެލް-ބޭންޑާއި އިސްރޯއިން ތަރައްޤީކުރި އެސް ބޭންޑް ބޭނުންކުރާނެއެވެ. މި ޓެކްނޮލޮޖީތަކާއެކު ދުނިޔޭގެ ބިމުގެ ފަށަލައަށް އަންނަ އެންމެ ކުދިކުދި ބަދަލުތައްވެސް ސެޓެލައިޓަށް ނަގައިގަނެވޭނެއެވެ.

މި ސެޓެލައިޓް ދައުރުކުރަމުންދާނީ ބިމަށްވުރެ 747 ކިލޯމީޓަރު މަތިންނެވެ. އަދި ކޮންމެ 12 ދުވަހަކުން މުޅި ދުނިޔޭގެ ރާޑަރ މެޕެއް ސައިންސްވެރިންނަށް ފޯރުކޮށްދެމުން ދާނެއެވެ.

ސެޓެލައިޓް ޖައްވަށް ފޮނުވާލުމަށްފަހު އިސްރޯގެ ޗެއާމަން ވީ. ނަރަޔަނަން ވިދާޅުވީ މި ސެޓެލައިޓްގެ ފައިދާކުރާނީ ހަމައެކަނި ދެގައުމަށް ނޫންކަމަށާއި، މުޅި ދުނިޔެއަށް އެސެޓަލައިޓްގެ ފައިދާކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް